އެންމެ ފަހުގެ ވަގުތު ބަޔާން މިއުނިކުން ސެލްޓިކްއާ އެއްވަރުކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ 16 ވަނަ ބުރަށް ކޮލިފައި ވެއްޖެއެވެ.
މިރޭ ކުޅުނު މެޗުގައި ބަޔާން މިއުނިކް އާއި ސެލްޓިކް 1-1 އިން އެއްވަރުވެ ބަޔާނަށް ކުރި ލިބުނީ 3-2 ގެ އެގްރެގޭޓުންނެވެ.
މިއުނިކްގެ ހޯމް ގްރައުންޑް އަލިއަންޒް އެރީނާގައި ކުޅުނު. މެޗުގެ 63 ވަނަ މިނެޓުގައި ނިކޮލަސް ކުހްން ވަނީ ސެލްޓިކްއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް މެޗުގެ އިންޖަރީ ޓައިމްގެ އެންމެ ފަހު ސިކުންތުތަކުގައި އަލްފޮންސޯ ޑޭވިސް ވަނީ ބަޔާނަށް ގޯލެއް ޖަހައިދީފައެވެ.
މި މެޗާއެކު ބަޔަން މިއުނިކް ވަނީ ވޭތުވެދިޔަ 17 ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގެ 16 ވަނަ ބުރަށް ކޮލިފައިވެފައެވެ.
މި މެޗުގައި އިނގިރޭސި ސްޓްރައިކަރު ހެރީ ކޭން ވަނީ ފުރަތަމަ ހާފުގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ބަދަލުކުރަން ޖެހިފައެވެ. އޭގެ ކުރިން ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް އޭނާއަށް ލިބުނެވެ. ނަމަވެސް ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ.
މި މެޗުގައި ބަޔާން މިއުނިކަށް ގޯލު ޖެހުނީ މެޗުގެ 93 ވަނަ މިނެޓާއި 12 ވަނަ ސިކުންތުގައެވެ. މިއީ 2003-2004 ވަނަ އަހަރުން ފެށިގެން އޮޕްޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަޔަން މިއުނިކްއިން ޗެމްޕިއަންސް ލީގު މެޗެއްގައި އެންމެ ފަހުން ޖެހި އެއްވަރުކުރުމުގެ ގޯލެވެ.









