މިފަހަރުގެ ސީޒަނުގައި ވަރަށް ބޮޑަށް ފޯމު ގެއްލިފައިވާ މެންޗެސްޓާ ސިޓީއިން ދަތި ގޮތަކަށް ޗެންޕިއަންސް ލީގުގެ ޕްލޭއޮފްއިން ޖާގަ ހޯދައިފިއެވެ.
އެތިހާދު ސްޓޭޑިއަމްގައި ރޭ ބްރޫޖްގެ ރަފައެލް ލަނޑެއް ޖަހައިފައި ވަނިކޮށް ސިޓީއިން މެޗު ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.
ސިޓީގެ ގޯލް ރަފައެލް ފޫ އަޅުވާލީ ފުރަތަމަ ހާފް ނިމެނިކޮށް 45 ވަނަ މިނެޓުގައެވެ. ނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފަށައިގެން 10 މިނެޓް ވެސް ނުވަނީސް ސިޓީއިން އެއްވަރު ކުރިއެވެ. މި ގޯލް ޖަހައިދިނީ މާޓިއޯ ކޮވަޗިޗް އެވެ. އޭގެ ފަހުން ދެން ފެނިގެން ދިޔައީ މުޅި މެޗު ސިޓީގެ ކޮންޓުރޯލްގެ ދަށުގައި އޮތް މަންޒަރެވެ. ސަވިންހޯ މުޅި މެޗު އަނބުރާލި މަންޒަރެވެ. ގާޑިއޯލާގެ ފުރަތަމަ 11 އިގައި ސަވިންހޯއެއް ނެތެވެ. އޭނާ އެރީ ބެންޗުންނެވެ. 77 ވަނަ މިނެޓްގައި ސިޓީގެ 3 ވަނަ ގޯލު ޖަހައިދިނީ ވެސް ސަވިންހޯއެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެޗަށްފަހު ގުއާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި ޓީމުގެ އިންޓެންސިޓީ ދަށްވެފައިވާ ކަމަށެވެ. އަދި މި ސީޒަންގައި ސިޓީއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ސްޕޭނުގެ ރިއަލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކް ފަދަ ޓީމުތަކާއި ކުރިމަތިލާން ޖެހިދާނެތީ، މިވަގުތު ސިޓީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ޓީމެއް ނޫން ކަމަށް ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ އައު ފޯމެޓާއި ގުޅޭގޮތުން ގުއާޑިއޯލާ ބުނީ މިއީ ވަރަށް ދަތި ފޯމެޓެއް ކަމަށެވެ.
ބްރޫޖްގެ ކޯޗު ނިކީ ހެއިން ބުނީ ގްރޫޕް ސްޓޭޖުގައި އެ ޓީމުގެ ކުޅުންތެރިން ދައްކާފައިވާ ޑިސިޕްލިންޑް ކުޅުމާއިމެދު ފަޚުރުވެރިވާ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ޑްރޯ އޮންނާނީ ޖެނުއަރީ 31 ގައެވެ.









