ރޭ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލުން އިޓަލީގެ ބޮލޯނިއާ އާ 2-0 އިން ބަލިކޮށް، މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެއްޖެއެވެ.
ކޯޗް އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އެލެކްސިސް މެކް އަލިސްޓާ އާއި މުހައްމަދު ސަލާހެވެ. މެޗުގެ 12 ވަނަ މިނެޓުގައި މެކް އަލިސްޓާ ޖެހި ލަނޑުން ލިވަޕޫލް ލީޑު ނެގިއިރު 75 ވަނަ މިނެޓުގައި ސަލާ ޖެހި ލަނޑުން ލިވަޕޫލް ލީޑު ފުޅާ ކުރިއެވެ.
މި މޮޅުވުމާއެކު ލިވަޕޫލްގެ އައު ކޯޗް ސްލޮޓް ވަނީ އެ ޓީމުގެ ތާރީޚުގައި ފުރަތަމަ 9 މެޗުން 8 މެޗު ކާމިޔާބުކުރި ފުރަތަމަ ކޯޗަށް ވެފައެވެ. މީގެ ކުރިން ލިވަޕޫލް ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި އޮސޮސްޓްރިއާގެ ލަސްކް ލިންޒް އާ ދެކޮޅަށް ކުޅެ 3-1 އިން މޮޅުވެފައެވެ.
ލިވަޕޫލް މި މުބާރާތުގައި ދެން ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހު ޖަރުމަނުގެ ލެއިޕްޒިގް އާ ދެކޮޅަށެވެ.









