ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރޭ ލިވަޕޫލް ވަނީ އޭސީ މިލާން އަތުން 3-1 އިން މޮޅުވެ ފެށުން ރަނގަޅު ކޮށްފައެވެ.
މެޗު ފަށައިގެން ވަރުގަދައަށް ކުޅުނު މިލާނުން ތިން ވަނަ މިނެޓުގައި އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ލަނޑެއް ޖެހިއެވެ. ނަމަވެސް ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް ރައްދު ދީ ތިން ޕޮއިންޓް ވެސް ހޯދައިފަ އެވެ.
މެޗުގެ 23 ވަނަ މިނެޓުގައި އިބްރާހިމާ ކޮނާޓޭ ނަތީޖާ ހަމަހަމަ ކޮށްދިނީ ރަނގަޅު ޖާގައެއްގައި ހުރި ޓްރެންޓް އެލެގްޒެންޑަރ-އާނަލްޑް ފޮނުވާލި ހިލޭ ޖެހުމަކުން ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ލީޑު ނެގީ ވާޖިލް ވެން ޑައިކް މެދުވެރިކޮށެވެ. މުހަންމަދު ސަލާހު ވަނީ އޭގެ ކުރިން ނުރައްކާތެރި ދެ ހަމަލާ ފޮނުވާފައެވެ. ނަމަވެސް ހަމަލާތައް އަމާޒުވީ މިލާނުގެ ގޯލު ދަނޑިއަށެވެ.
ލިވަޕޫލްގެ އެޓޭކިން ކުރިއަށް ގެންގޮސް، މެޗުގެ 67 ވަނަ މިނެޓްގައި ކޯޑީ ގަކްޕޯ ގޯލެއް ޖަހައި ނަތީޖާ 3 އަށް ބަދަލުކުރިއެވެ.
މެޗުގެ ފަހުކޮޅު ކޯޗު އާނޭ ސްލޮޓް ވަނީ އަލަށް ގެނައި ފެޑެރިކޯ ޗިއެސާއަށް ވެސް ކުޅުމުގެ ފުރުސަތު ދީފައެވެ.









