އަސްކަރީ ބޭނުމަށާއި މަދަނީ ބޭނުމަށް ބޭނުންކުރާ ("ޑުއަލް-ޔޫސް") އުމްރާނީ ވަސީލަތްތަކަށް އެމެރިކާއާއި އިޒްރޭލުން ހަމަލާދޭނަމަ، އީރާނުން ވެސް އެ ދެ ގައުމުގެ އެފަދަ ހުރިހާ ތަނަކަށް ހަމަލާދޭނެ ކަމަށް އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާޤިރު ޤާލިބާފް އިންޒާރު ދެއްވި.
12 ގަޑިއިރު ކުރިން - 11:22
މިހާރު މިނިވަންކޮށްގެން އުޅޭ 600 މީހުންނާއި އެކު، ހަނގުރާމަ ފެށުނު ފަހުން އެ ޖަމާއަތުން އެއްވެސް ބަދަލަކާއި ނުލައި އަމިއްލައަށް ފެނިގެން މިނިވަންކުރި ގައިދީންގެ ޖުމްލަ އަދަދު މިހާރު ވަނީ 2,612 އަށް އަރާފައި.
1 ދުވަސް ކުރިން - 11:39
އިނގިރޭސިވިލާތުން ހުށަހެޅި މި ގަރާރު ޢަމަލީގޮތުން ތަންފީޒުކޮށް، ޔަމަނުގެ ގާނޫނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ޖީ.ސީ.ސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލްބުދައިވީ ވަނީ އެދިވަޑައިގެންފަ. އދ.ގެ މި ގަރާރުގައި ޖުމްލަކޮށް ބުނަނީ ޙޫޘީންގެ ހަމަލަތައް ހުއްޓުވައި ސަރަހައްދު އަމާންކުރުން.
3 ދުވަސް ކުރިން - 09:05
2030 ވަނަ އަހަރުގެ ނިޔަލަށް މަނާކޮށްފައިވަނީ ނިކަމެތި ހާލަތުގައި ތިބޭ މީހުން ގެދޮރުން ނެރުން. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް އިމާރާތެއްގެ ކުލި ބޮޑު ނުކުރެވޭ ގޮތށް ވެސް ވަނީ ނިންމާފަ.
3 ދުވަސް ކުރިން - 09:01
މި ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރެއިންގެ ޖާސޫސީ އިދާރާތައް ކަމަށް ތުހުމަތުކުރައްވާ ކަމަށް. ނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، ޔޫކްރެއިނުން ވެސް މިކަމަށް އެއްވެސް ރައްދެއް ދީފައެއް ނުވޭ.
3 ދުވަސް ކުރިން - 08:45
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ޕާލަމެންޓުގެ 350 ގޮނޑީގެ ތެރެއިން އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 176 ގޮނޑިއަށްވުރެ އިތުރަށް، އިދިކޮޅު ޕީ.ޕީ އާއި ވޮކްސް ޕާޓީ ގުޅިގެން 190 ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް.
3 ދުވަސް ކުރިން - 07:15
ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ރޭގަނޑު ޓެންޓު ތެރޭގައި ނިދާފައި ތިއްބައި ހެނދުނު ހޭލިއިރު ކުއްޖާގެ ހަށިގަނޑު އޮތީ ފިނިވެގެން ނޫވެފަ. ގާތްގަނޑަކަށް 1.4 މިލިއަން މީހުން) އަދިވެސް ދިރިއުޅެމުންދަނީ ފިނިން ރައްކާތެރިކަން ނުލިބޭ ވަގުތީ ޓެންޓުތަކުގަ.
3 ދުވަސް ކުރިން - 06:00
މީގެ ކުރިން ޔޫރަޕަށް މިފަދަ ފުރުސަތެއް ދޭން ރަޝިޔާ ވަނީ ދެކޮޅުހަދާފަ. މިހާރު ޔޫރަޕްގެ ގައުމުތައް މި މަޝްވަރާތަކުގައި ބައިވެރިކުރުމަށް ނިންމުމާއެކު، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ވަކާލާތުކުރުމަށް އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ އަދި ޕޮލެންޑް ހިމެނޭ 5 ގައުމުގެ ޚާއްޞަ ޓީމެއް ވަނީ އެކުލަވާލާފަ.
3 ދުވަސް ކުރިން - 05:15
މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެމެރިކާ މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އޮނިގަނޑު އެއްބަސްވުމުގެ ދަށުން، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ލުބުނާނު އަސްކަރިއްޔާ ރުކުރުވާލުމާއެކު އިޒްރޭލު ސިފައިން ހިފާފައިވާ ބިންތަކުން ފައިބަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އިޒްރޭލުން ދަނީ އެ އެއްބަސްވުމާ ހިލާފަށް ކޮންމެދުވަހަކު ހަމަލާދެމުން.
3 ދުވަސް ކުރިން - 05:04
އީރާނުގެ ހަތިޔާރުއެޅި ލަޝްކަރުތަކުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ބްރިގޭޑިއާ ޖެނެރަލް ކިޔޫމަރްސް ހައިދަރީ، އެ ގައުމުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވީ، އީރާނުގެ ސިފައިން ދުނިޔޭގައި ދިރިތިބިހާ ހިނދަކު ޓްރަމްޕާއި ނަތަންޔާހޫގެ ކިބައިން ބަދަލުހިފުމުގެ އަމާޒަށް ވާސިލުވާން މަސައްކަތް ކުރާނެކަމަށް.
4 ދުވަސް ކުރިން - 17:32
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ކްލޭޓަން ފޮނުއްވި ރަސްމީ މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެކި މަސްދަރުތަކުން ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން ދައްކާ ގޮތުން، އެމެރިކާގެ ޑިޕްލޮމޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށް އީރާނުން ދޭން ރާވާ ހަމަލާތަކުގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފަ.
4 ދުވަސް ކުރިން - 17:24
މައްސަލަ ކޮމިޓީއަށް ފޮނުވައިގެން މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށް ރިޕަބްލިކަން ޕާޓީން ހުށަހެޅި ގަރާރު ފާސްވީ 211 ވޯޓު 204 ވޯޓުގެ ކުޑަ ތަފާތަކުން. މި ވޯޓު ނެގި ވަގުތު ޑިމޮކްރެޓިކް ޕާޓީގެ 11 މެންބަރަކު މަޖިލީހަށް ހާޒިރުވެވަޑައިގެން ނެތުމުގެ ސަބަބުން، އެ ޕާޓީއަށް ވޯޓު ކާމިޔާބެއް ނުވި.
6 ދުވަސް ކުރިން - 22:50
މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ. މަގުތައް ބަންދުކުރަން އުޅުނު ބައިވެރިން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ.
6 ދުވަސް ކުރިން - 21:49