އީރާނުގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ޤާލިބާފް ވިދާޅުވި ގޮތުގައި، އަސްކަރީ ބޭނުމަށާއި މަދަނީ ބޭނުމަށް ބޭނުންކުރާ ("ޑުއަލް-ޔޫސް") އުމްރާނީ ވަސީލަތްތަކަށް އެމެރިކާއާއި އިޒްރޭލުން ހަމަލާދޭނަމަ، އީރާނުން ވެސް އެ ދެ ގައުމުގެ އެފަދަ ހުރިހާ ތަނަކަށް ހަމަލާދޭނެއެވެ.

ޤާލިބާފް އިތުރަށް ވިދާޅުވީ، އީރާނުގެ މުވާސަލާތީ ޓަވަރުތަކާއި، ކަރަންޓާއި ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދީގެން އީރާނު ބަލިކަށިކޮށްލެވޭނެ ކަމަށް އެމެރިކާއާއި އިޒްރޭލުން ހީކުރުމަކީ ބޮޑު ކުށްހީއެއް ކަމަށެވެ. މަދަނީ ޚިދުމަތްތަކާ ގުޅިފައިވާ އުމްރާނީ ތަންތަނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށާއި، އެކަމުގެ ބަދަލު ވަރަށް ހިތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ މި އިންޒާރުތައް ދީފައި ވަނީ، އީރާނާއި އެމެރިކާއާ ދެމެދު އޮތް "ހަނގުރާމައެއް ނެތް އަދި ސުލްހައެއް ވެސް ނެތް" ހާލަތު އިތުރަށް ގޯސްވެ، ދެފަރާތުން ވެސް ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ސަރަހައްދީ ގައުމުތަކުން ދަނީ މިކަމުގެ ސަބަބުން މުޅި މެދުއިރުމަތީގެ އަސާސީ ޚިދުމަތްތަކަށް ބުރޫއަރާފާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.