މި މެޗުގައި ޖެހި ލަނޑާއެކު ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި 987 ގޯލު ޖަހާފަ. އަދި 1،000 ގޯލު ހަމަކުރަން އޭނަ ބާކީ ބޭނުންވަނީ އެންމެ 13 ގޯލު. މި މޮޅާއެކު އޭއެފްސީ ޗެމްޕިއަންސް ލީގުގައި ނަސްރު ވަނީ ނުވަ ޕޮއިންޓާއެކު ފަސް ވަނައަށް ޖެހިލާފަ.
17 ގަޑިއިރު ކުރިން - 01:18
ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 15 މިނެޓު ތެރޭގައި ހެޓްރިކެއް ހަދާފަ. ފުރަތަމަ ހާފު 2-2 އިން އެއްވަރުވެފައި ވަނިކޮށް، ރޮނާލްޑޯ ޖެހި ތިން ލަނޑާއެކު އޭނާގެ ކެރިއަރުގެ ލަނޑުގެ އަދަދު 985 އަށް އަރައި، 1،000 ލަނޑާ ގާތްވެއްޖެ.
26 ދުވަސް ކުރިން - 13:27
މި މެޗުގައި ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރުން ވަނީ މުހިންމު މޮޅެއް ހޯދާފަ. މިއީ ބައިނަލްއަޤްވާމީ ބްރޭކަށްފަހު އަލުން ކްލަބް ފުޓުބޯޅަ ފެށުމާއެކު ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗު.
46 ދުވަސް ކުރިން - 15:44
މި މެޗު 4-0 އިން އަލް ނަސްރު ކާމިޔާބުކުރިއިރު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ އިބްރަހިމޮވިޗްގެ 24 ސީޒަނުގެ ރެކޯޑު މުގުރާލައިފަ. މިއީ އޭނާގެ ކެރިއަރުގެ 977 ވަނަ ލަނޑު މިހާރު ރޮނާލްޑޯގެ އަމާޒަކީ 1,000 ލަނޑު ހަމަކުރުން. އެއަށް ބޭނުންވަނީ އެންމެ 23 ލަނޑު.
95 ދުވަސް ކުރިން - 09:36
މިއީ އަލް ނަސްރު ލީގުގެ ތަށި އުފުލާލި 11 ވަނަ ފަހަރު. އަދި 2018-19 ވަނަ ސީޒަނަށްފަހު އެ ކުލަބު ކާމިޔާބުކުރި ފުރަތަމަ ލީގު ތަށި.
187 ދުވަސް ކުރިން - 00:57
ނަސްރު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައި 33 މެޗުން 83 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އަލް-ހިލާލަށް 32 މެޗުން ލިބިފައިވަނީ 78 ޕޮއިންޓު.
196 ދުވަސް ކުރިން - 08:31
ސަލާހު ނަސްރަށް ގެނައުމުގެ ރަސްމީ މަސައްކަތް ފެށޭނީ ކޯޗު ޖީސަސގެ ކޮންޓްރެކްޓް އައު ވާ ހިސާބުން. ލިވަޕޫލްއާ ދެމެދު ސަލާހު ހަދާފައި އޮތް އެއްބަސްވުން މިހާރު ހަމަވަނީ.
212 ދުވަސް ކުރިން - 22:30
ރޮނާލްޑޯ ވަނީ އަނިޔާއިން ސަލާމަތްވުމަށް ސްޕެއިންގެ މެޑްރިޑަށް ދަތުރުކޮށް، އެތަނުގެ ހާއްސަ މެޑިކަލް ޓީމެއްގެ އެހީތެރިކަން ހޯދާފަ.
242 ދުވަސް ކުރިން - 23:02
ނަސްރު މޮޅުވެފައިވަނީ އަލް-ފެއިހާ އާ ވާދަކުރި މެޗުގައި ފަހަތުން އަރައި. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ނަސްރު ވަނީ މޮޅުވެފައި.
388 ދުވަސް ކުރިން - 17:41
ސައުދީ ޕްރޯ ލީގުގައި އަލް-ހަޒްމް އަތުން 0-2 އިން ހޮނިހިރު ދުވަހުގެރޭ މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ އޭނާގެ 950 ވަނަ ގޯލު ޖަހާފައި.
395 ދުވަސް ކުރިން - 14:56
އަލް-ފަތޭހްއާ ކުޅެ އަލް-ނަސްރުން މޮޅުވީ 1-5 ގެ ނަތީޖާއީން. މި މެޗުގައި ޖޯ ފްލެކްސް ހެޓްރިކެއް ހެދި. ދެން ގޯލުތައް ޖެހީ ރޮނާލްޑޯ އަދި ކޫމަން.
402 ދުވަސް ކުރިން - 16:52
ޕެނަލްޓީގައު ނަސްރު ބަލިވެފައިވަނީ 5-3 ގެ ނަތީޖާއިން. މި ސީޒަނުގައި ރޮނާލްޑޯގެ ނަސްރަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވޭ.
458 ދުވަސް ކުރިން - 12:23
މި މެޗު އަލް-ނަސްރު ކާމިޔާބު ކުރީ -1-2 ގެ ނަތީޖާއިން. ފައިނަލުގައި ނަސްރު ވާދަކުރާނީ ސެމީގެ ދެވަނަ މެޗުގައި މާދަމާ ކުޅޭ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށް.
462 ދުވަސް ކުރިން - 01:03