Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަހަރެން މިހުރީ އިތުރު ގޯލުތަކެއް ޖަހަން ފެންބޮވައިގެންފައި: ރޮނާލްޑޯ

އަހަރެން މިހުރީ އިތުރު ގޯލުތަކެއް ޖަހަން ފެންބޮވައިގެންފައި: ރޮނާލްޑޯ

އައިޝަތު އީމާން
272 ދުވަސް ކުރިން - 26 އޮކްޓޫބަރު 2025 14:56
މެޗަށް ފަހު ރޮނާލްޑޯ ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ. - ފޮޓޯ: އަލް-ނަސްރު
މެޗަށް ފަހު ރޮނާލްޑޯ ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ. - ފޮޓޯ: އަލް-ނަސްރު
ޚުލާސާ

ސައުދީ ޕްރޯ ލީގުގައި އަލް-ހަޒްމް އަތުން 0-2 އިން ހޮނިހިރު ދުވަހުގެރޭ މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ އޭނާގެ 950 ވަނަ ގޯލު ޖަހާފައި.

ހޮނިހިރު ދުވަހުގެ ރޭ ޖެހި ގޯލާއެކު އުމުރުން 40 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 1،000 ގޯލު ހަމަކުރަން ދެން ބޭނުންވާނީ ބަރާބަރު 50 ގޯލެވެ.

ސައޫދީ ޕްރޯ ލީގުގައި އަލް-ހަޒްމް އަތުން އަލް-ނަސްރު މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެން ގޯލު ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގަލްގެ ޖޯ ފްލެކްސް އެވެ.

Advertisement

Advertisement 1

ރޭގެ މެޗަށް ފަހު ރޮނާލްޑޯ ބުނެފައިވަނީ ޓީމު މޮޅުވާން އެހީތެރިވެދީ 950 ގޯލު ހަމަވުމުން އުފާކުރާ ކަމަށާއި އިތުރު ގޯލުތަކެއް ޖަހަން އޭނާ ހުރީ ފެންބޮވައިގެންފައި ކަމަށެވެ. ނިމިދިޔަ ހަފްތާގައި ވެސް ރޮނާލްޑޯ ވަނީ ދުރުން ގޯލެއް ޖަހާފަ އެވެ. އެ މެޗު ނިމުމަށްފަހު އިންސްޓަގްރާމްގައި އޭނާ ލިޔެފައިވަނީ "ސަކްސެސް އިޒް ނޮޓް އެން އެކްސިޓެންޓް" ނުވަތަ ކާމިޔާބަކީ އެކްސިޑެންޓެއް ނޫން މިހެންނެވެ. އޭނާ އެ ބުނި ބަހުގެ މާނައަކީ އޭނާ ކާމިޔާބު ހޯދަނީ މަސައްކަތްކޮށްގެން ކަމެވެ. ރޮނާލްޑޯ ވަނީ މީގެ ކުރިން އޭނާ ރެކޯޑުތައް ފަހަތުން ނުދާ ކަމަށާއި އޭނާގެ ފަހަތުން ރެކޯޑުތައް އަންނާނެ ކަމަށް ބުނެފަ އެވެ.

އެއީ ތެދެކެވެ. އުމުރުން 40 އަހަރު ވެފައިވާއިރު ވެސް މާ މޮޅު ހުނަރެއް ނުދެއްކުނަސް ޓީމަށް އެންމެ މުހިންމު ވަގުތުތަކުގައި ގޯލުތައް ޖަހަން ހުންނަނީ އޭނާ އެވެ. ޓީމަކަށް އެންމެ ބޭނުންވާނީ ގޯލެވެ. ބޮޑު އަނިޔާއެއް ނުވާނަމަ އަންނަ އަހަރު ނިމުމުގެ ކުރިން ރޮނާލްޑޯ އަށް 1،000 ގޯލު ހަމަ ކުރެވޭނެ ކަމަށް ބެލެވެ އެވެ. މިއަހަރު މިހާތަނަށް އޭނާ ވަނީ 34 ގޯލު ޖަހާފަ އެވެ. އެއީ ކޮންމެ 96 މިނެޓަކުން ގޯލެކެވެ.

ސައުދީ ޕްރޯ ލީގުގައި މި ސީޒަނުގެ މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އަލް ނަސްރު ވަނީ ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެ ލީގުގެ ތާވަލަށް ބަލާއިރު؛

  1. އަލް ނަސްރު - 18 ޕޮއިންޓް
  2. އަލް-ތާވޫން - 15 ޕޮއިންޓް
  3. އަލް-ހިލާލް- 14 ޕޮއިންޓް
  4. އަލް-ގަދްސިޔާހް - 14 ޕޮއިންޓް
  5. އަލް-އަހްލީ - 12 ޕޮއިންޓް

ކްރިސްޓިއާނޯ ރޮނާލްޑޯއަލް ނަސްރުދުނިޔޭގެ ރެކޯޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

23 ދުވަސް ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

23 ދުވަސް ކުރިން - 06:12

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

23 ދުވަސް ކުރިން - 23:26

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

32 ދުވަސް ކުރިން - 00:02

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިއާގެ ރެކޯޑު ރޮނާލްޑޯ ގާއިމްކޮށްފި

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލުޖެހި ހަމައެކަނި ކުޅުންތެރިއަކަށް ރޮނާލްޑޯ!

32 ދުވަސް ކުރިން - 23:05

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން: ވޯލްޑް ކަޕްގެ ތެރެއިން ތާރީހީ މެޗެއް ފެނިދާނެބާ؟

މެސީ އާއި ރޮނާލްޑޯގެ ފަހު ކުރިމަތިލުން މި ވޯލްޑް ކަޕުގައި ފެނިދާނެބާ؟

39 ދުވަސް ކުރިން - 20:35