ކްރިސްޓިއާނޯ ރޮނާލްޑޯ! ސޫ! މިއީ އާދައިގެ މީހެއް، އާދައިގެ ކުޅުންތެރިއެއް ނޫނެވެ. މި ކުޅުންތެރިއާ ގޯލެއް ނުޖަހާ މެޗެއް މަދުން ނޫނީ ނުދާނެ އެވެ. ރޭ ވެސް މިވަނީ ރީތި ގޯލެއް ޖަހާފަ އެވެ.
އަލް-ފަތޭހްއާ ދެކޮޅަށް ސައުދީ ޕްރޯ ލީގުގައި ރޮނާލްޑޯ ދުރުން ޖެހި "ސްކްރީމަރ" ގޯލާއެކު ސޯޝަލް މީޑިއާގައި މި ގޯލުގެ ވާހަކަ މިވަނީ ގަދަވެފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދި ރޮނާލްޑީ މި ގޯލު ޖަހާފައިވަނީ ޕެނަލްޓީއެއް މިސް ކުރުމަށްފަހު އޭގެ މިނެޓެއް ފަހުންނެވެ.
މި މެޗުގައި އަލް-ނަސްރު މޮޅުވެފައިވަނީ 1-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި ނަސްރުގެ ޖޯ ފްލެކްސް ހެޓް-ޓްރިކެއް ހެދިއިރު ދެން ގޯލު ޖެހީ ކޫމަން އެވެ. އަލް-ފަތޭހް ގެ ހަމައެކަނި ގޯލު ޖަހާފައިވަނީ ސޯފިއާނޭ ބަންޑެބްކާ އެވެ.
ރޮނާލްޑޯ ރޭ ޖެހި ގޯލާއެކު ކެރިއަރުގައި ޖެހި ގޯލުގެ އަދަދު މިވަނީ 949 އަށް އަރާފަ އެވެ. ނިމިދިޔަ ހަފްތާގައި ހަންގޭރި ކޮޅަށް ވެސް ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފަ އެވެ.
މި މެޗު ނިމުމަށް ފަހު ރޮނާލްޑޯ ވަނީ ސަޕޯޓަރުންނާއެކު މަޖާކޮށްލުމުގެ ގޮތުން ވަގުތު ހޭދަކޮށްލާފަ އެވެ. ސަޕޯޓަރުންގެ ތެރެއިން އެންމެ ބޮޑަށް އަޅައިގަތީ ރޮނާލްޑޯ އަށް މަރުދޭ "އައި ޝޯވް ސްޕީޑް" އެވެ. އޭނާ ހުރީ ރޮނާލްޑޯ އަތުން އަތްތިލަބަނޑި ޖަހާ ވަރަކަށް ބެރު ޖަހާށެވެ.






