ސައޫދީ ލީގުގެ ޗެމްޕިއަން އިތިހާދު ބަލިކުރުމަށްފަހު ސުޕަރ ކަޕުގެ ފައިނަލަށް އަލް-ނަސްރު

އައިޝަތު އީމާން | 60 ދުވަސް ކުރިން - 19 އޯގަސްޓް 2025 01:03
މެޗުން މޮޅުވުމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ - ފޮޓޯ: ގެޓީ އިމޭޖަސް ސްޕޯޓް
މެޗުން މޮޅުވުމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ - ފޮޓޯ: ގެޓީ އިމޭޖަސް ސްޕޯޓް
ޚުލާސާ

މި މެޗު އަލް-ނަސްރު ކާމިޔާބު ކުރީ -1-2 ގެ ނަތީޖާއިން. ފައިނަލުގައި ނަސްރު ވާދަކުރާނީ ސެމީގެ ދެވަނަ މެޗުގައި މާދަމާ ކުޅޭ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށް.

ސައޫދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް-އިތިހާދު 1-2 ގެ ނަތީޖާއިން ބަލިކުރުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރު ސައޫދީ ސުޕަރ ކަޕުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޔޫރަޕުގައި މީގެ ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ބްރޮޒޮވިޗު ނެގި ހުރަހަކުން ސާޑިއޯ މާނޭ ގޯލެއް ޖަހައި ނަސްރަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ ހަ މިނެޓު ފަހުން ބާގްވިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އޭނާއަށް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިނީ ޑިއާބީ އެވެ.

ދެވަނަ ހާފު ފަށައިގެން 61 ވަނަ މިނެޓުގައި ނަސްރާ އަލަށް ގުޅުނު ޕޯޗުގަލްގެ ފޯވާޑު ޖޯ ފެލިކްސް ވަނީ ގޯލެއް ކާމިޔާބުކޮށް އެ ކުލަބު މި މުބާރާތުގެ ފައިނަލަށް ގެންގޮސްދީފައެވެ. މިއީ އޭނާ އަލް-ނަސްރަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލު ކަމަށްވާއިރު މި ގޯލު އޭނާއަށް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިނީ ރޮނާލްޑޯ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފެލިކްސް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަލް-ނަސްރާ އަލަށް ގުޅުނު ޕޯޗުގަލްގެ ޖޯ ފެލިކްސް. ނަސްރު މޮޅުކޮށްދިން ގޯލު ކާމިޔާބުކުރީ އޭނާ. - ފޮޓޯ: ގެޓީ އިމޭޖަސް ސްޕޯޓް

އިތިހާދުގެ ކީޕަރު އަލް-ޗަންގިޓީ އަށް ކުރި ފައުލަކާ ގުޅިގެން މާނޭއަށް ވަނީ 25 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ރަތް ކާޑަކީ ގޯސް ރަތް ކާޑެއް ކަމަށް ބުނެ ނަސްރުގެ ކުޅުންތެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ސެމީ ފައިނުގެ ދެވަނަ މެޗު މާދަމާ ހަވީރު 17:00 ގައި ކުޅެން ތާވަލުކޮށްފައިވާއިރުމި މެޗުގައި ބައްދަލުކުރާނީ އަލް-ގަދްސިޔާހްއާއި އަލް-އަހްލީ އެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އޮގަސްޓް 23 ވަނަ ދުވަހުގެ ހަވީރު 17:00 ގައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%