Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސައޫދީ ސުޕަރ ކަޕުގެ ފައިނަލުގައި އަލް-ނަސްރު ބަލިވެއްޖެ، ޗެމްޕިއަނަކީ އަލް-އަހްލީ

ސައޫދީ ސުޕަރ ކަޕުގެ ފައިނަލުގައި އަލް-ނަސްރު ބަލިވެއްޖެ، ޗެމްޕިއަނަކީ އަލް-އަހްލީ

އައިޝަތު އީމާން
291 ދުވަސް ކުރިން - 24 އޯގަސްޓް 2025 12:23
ސައޫދީ ސުޕަރ ކަޕުގެ ތައްޓާއެކު އަހްލީ އުފާފާޅުކުރަނީ.
ސައޫދީ ސުޕަރ ކަޕުގެ ތައްޓާއެކު އަހްލީ އުފާފާޅުކުރަނީ.
ޚުލާސާ

ޕެނަލްޓީގައު ނަސްރު ބަލިވެފައިވަނީ 5-3 ގެ ނަތީޖާއިން. މި ސީޒަނުގައި ރޮނާލްޑޯގެ ނަސްރަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވޭ.

ސައޫދީ ސުޕަރ ކަޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައި 3-5 ގެ ނަތީޖާއިން ބަލިވެ އަލް-ނަސްރު ހުސްއަތާ މި ސީޒަން ނިންމާލަން ޖެހިއްޖެއެވެ.

90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު 2-2 އިން އެއްވަރުވެފައިވާއިރު ނަސްރުގެ ގޯލްތައް ޖަހާފައިވަނީ ލިބުނު ޕެނަލްޓީއެއްގައި ރޮނާލްޑޯގެ އިތުރުން ބްރޮޒޮވިޗެވެ. މިއީ ރޮނާލްޑޯ އަލް-ނަސްރަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލެވެ. އަލް އަހްލީގެ ގޯލުތައް ކާމިޔާބުކުރީ ކެސީއާއި އިބަނޭޒެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި އަލް-ނަސްރަށް ނާކާމިޔާބުވި ޕެނަލްޓީ ޖަހާފައިވަނީ އަބްދުﷲ އަލް-ހައިބަރީއެވެ. މި ޕެނަލްޓީ އަހްލީގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ މަތަކޮށްފައެވެ.

Advertisement

Advertisement 1

ސެމީ ފައިނަލުގައި ދެއްކި ރަތް ކާޑެއްގެ ސަބަބުން ނަސްރުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ސާޑިއޯ މާނޭ ފައިނަލް މެޗުގައި ކުޅެފައެވެ ނުވެއެވެ. މާނޭ އަށް މި މެޗު ގެއްލުމަކީ ނަސްރަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.

މި ބައްޔާއެކު ނަސްރަށް މި ސީޒަނުގައި އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ލީގު އެ ކުލަބު ނިންމާލަން ޖެހުނީ ތިން ވަނައިގައެވެ.

އަލް-ނަސްރާއެކު ރޮނާލްޑޯ މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ.

މި ތައްޓާއެކު މިއީ އަލް-އަހްލީ މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ އަލް-ހިލާލެވެ. ހިލާލުން މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާއިރު އަލް-ނަސްރަށް ކާމިޔާބުކުރެވުނީ ދެ ފަހަރެވެ. އަދި އަލް-އިތިހާދަށް ކާމިޔާބުކުރެވުނީ އެއްފަހަރު އެވެ.

އަލް ނަސްރުސައޫދީ ސުޕަރ ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެ ގޯލާއެކު ރޮނާލްޑޯ ފުރަތަމަ ފަހަރަށް ސައުދީ ލީގުގެ ތަށި އުފުލާލައިފި

ރޮނާލްޑޯ ފުރަތަމަ ފަހަރަށް ސައުދީ-ލީގުގެ ތަށި އުފުލާލައިފި

20 ދުވަސް ކުރިން - 00:57

ފަހު މިނެޓުގައި އެއްވަރުވެ، ލީގު ކާމިޔާބުކުރަން ނަސްރުން ފަހު މެޗަށް އިންތިޒާރުކުރަން ޖެހިއްޖެ

ލީގު ކާމިޔާބުކުރަން ނަސްރުން ފަހުމެޗަށް އިންތިޒާރުކުރަން ޖެހިއްޖެ

29 ދުވަސް ކުރިން - 08:31

ސަލާހާއި ރޮނާލްޑޯ އެއް ކުލަބަކުން ފެންނާނެކަމުގެ ފެހި ސިގްނަލް އަލް ނަސްރުގެ ކޯޗު ދީފި

ސަލާހާއި ރޮނާލްޑޯ އެއްކުލަބަކުން ފެންނާނެކަމުގެ ފެހި ސިގްނަލެއް

45 ދުވަސް ކުރިން - 22:30

ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާއިން ރަނގަޅުވަމުން އަންނަކަން ކަށަވަރުކޮށްދީފި

ކްރިސްޓިއާނޯ ރޮނާލްޑޯ އަނިޔާއިން ރަނގަޅުވަމުން އަންނަކަން ކަށަވަރުކޮށްދީފި

75 ދުވަސް ކުރިން - 23:02

ރޮނާލްޑޯގެ ދެ ގޯލާއެކު ފަހު މިނެޓުގައި އަލް-ނަސްރު ސަލާމަތްވެއްޖެ

ރޮނާލްޑޯގެ ދެ ގޯލާއެކު ނަސްރު ސަލާމަތްވެއްޖެ

221 ދުވަސް ކުރިން - 17:41

އަހަރެން މިހުރީ އިތުރު ގޯލުތަކެއް ޖަހަން ފެންބޮވައިގެންފައި: ރޮނާލްޑޯ

އިތުރު ގޯލުތަކެއް ޖަހަން ފެންބޮވައިގެންފައި: ރޮނާލްޑޯ

228 ދުވަސް ކުރިން - 14:56