އަލް-ނަސްރަށް ގެންދިޔަ ކޮލަމްބިއާގެ ފޯވަޑް ޖޮން ޑުރާންގެ އަގަކީ 75.3 މިލިއަން ޕައުންޑް. މަހު މުސާރައަކީ 1.3 މިލިއަން ޕައުންޑް. މިއީ މި ޖެނުއަރީ ޓްރާންސްފާގައި އެއް ކުޅުންތެރިޔަކަށް ހޭދަކުރާ އެންމެ ބޮޑު އަގު.
624 ދުވަސް ކުރިން - 09:52
ސިޓީއިން 180 މިލިއަން ޕައުންޑް ޚަރަދުކޮށް ސްޕެއިން މިޑްފީލްޑަރ ނިކޯ ގޮންޒާލެޒް އާއި، އައިންޓްރެކްޓް ފްރޭންކްފަރޓްގެ އިޖިޕްޓް ފޯވަޑް އޯމަރ މަރްމޫޝް، އަދި ޑިފެންޑަރުންގެ ގޮތުގައި އަބްދުކޯދިރ ޚުސާނޯވް އާއި ވިޓޯ ރެއިސް ގެނައި. ޗެލްސީ، އާސެނަލް، ލިވަޕޫލް އަދި ނިއުކާސަލް އަށް އެއްވެސް ބަދަލެއް ނާދޭ.
624 ދުވަސް ކުރިން - 09:39
އާސެނަލްގެ ވާދަވެރި އެސްޓަން ވިލާ އިން ވަނީ ޕީއެސްޖީގެ މާކޯ އަސެންސިއޯ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރޭޝްފޯޑް ލޯނު އުސޫލުން ގެނެސްފަ. ކްރިސްޓަލް ޕެލަސް އިން ވަނީ ޗެލްސީގެ ބެން ޗިލްވެލް ލޯނު އުސޫލުން ގެނެސްފަ. އާސެނަލްނއަށް އެއްވެސް ބަދަލެއް ނާދޭ.
624 ދުވަސް ކުރިން - 09:06
އިއްޔެ ފެއެނޫޑާ އެކު ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން އިނގިރޭސި މިޑްފިލްޑަރު ހެންޑަރސަން ބުނީ އޭނާ މޮނާކޯއަށް ބަދަލުވާ ކަމަށް ބުނެ މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އޭގެ ސަބަބުން ޢައިލާ އަށް އަސަރު ކުރާ ކަމަށް.
625 ދުވަސް ކުރިން - 12:04
2-2 އިން އެއްވަރުވެ ޕެނަލްޓީގައި 7-6 ގެ ނަތީޖާއިން ދިއްދޫ ބަލިކޮށް ވަށަފަރުން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހޯދައިފި. މި ތަށި ވަށަފަރަށް މި ލިބުނީ 6 އަހަރަށް ފަހު
626 ދުވަސް ކުރިން - 08:51
ލިވަޕޫލުން 2-1 ގެ ނަތީޖާއިން ބޯންމައުތު ބަލިކުރިއިރު ދެގޯލު ވެސް ޖެހީ ސަލާހު. 23 މެޗުން 56 ޕޮއިންޓް ލިވަޕޫލަށް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އަދި ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވަނީ 47 ޕޮއިންޓު.
627 ދުވަސް ކުރިން - 06:37
2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ލީގުގައި ފުރަތަމަ ފަހަރަށް ބާސެލޯނާގެ އަންހެން ޓީމު ބަލިވިއިރު މި މެޗުގައި .ބާސާއިން 47 ފަހަރު ގޯލަށް ޝޫޓުކުރި. ލެވަންޓޭއިން ބާސާ ބަލިކުރީ 2-1 އިން.
627 ދުވަސް ކުރިން - 06:18
ރޮމެރޯގެ ގޯލުން އެސްޕަންޔޯލް ރެލިގޭޝަން ޒޯނުން ސަލާމަތްވިއިރު 2006 އިން ފެށިގެން މެޑްރިޑުން އަވޭ މެޗެއްގައި އެންމެ ގިނައިރު ބޯޅަ ހިފެހެއްޓީ މި މެޗުގައި. ބަލިވިޔަސް މެޑްރިޑް އަދިވެސް އޮތީ ލަލީގާގެ 1 ވަނައިގައި.
627 ދުވަސް ކުރިން - 05:38
ކެޔޮދޫ އިން މަންދޫ ބަލިކުރީ 2-1 އިން އަދި މަތިވެރި އިން ތޮއްޑޫ އާއި ދެކޮޅަށް ކުޅެ މޮޅުވީ 5-1 ގެ ބޮޑު ތަފާތަކުން.
627 ދުވަސް ކުރިން - 11:44
ޕްލޭއޮފްގެ ފުރަތަމަ ލެގު ކުޅޭނީ ފެބްރުއަރީ 11/12 ، އަދި ދެވަނަ ލެގު ކުޅޭނީ ފެބްރުއަރީ 18/19 ގައި. ފަހު 16 ގެ ބުރުގެ ގުރުއަތުލުން އޮންނާނީ ފެބްރުއަރީ 21 ގައި.
628 ދުވަސް ކުރިން - 19:28
މެންޗެސްޓަރ ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއިން. މައިނޯ ދިން ޕާހުން ޑިއޮގޯ ޑަލޮޓް ގޯލް ޖެހިއިރު ދެވަނަ ގޯލް ޖެހީ ސީދާ މައިނޯ. މިއީ ސީޒަނުގެ އޭނާގެ ފުރަތަމަ ގޯލް.
628 ދުވަސް ކުރިން - 11:18
އިސްތިއުފާ ފީފާއަށް ވެސް މިހާރު އަންގާފައިވާ ކަމަށް އެފްއޭއެމްގެ އޮފިޝަލް ވިދާޅުވި.
629 ދުވަސް ކުރިން - 14:13