މި އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ ވިންޑޯގައި ޓީމުތަކުން ސްކޮޑް ވަރުގަދަކުރަން މަސައްކަތް ކުރިއިރު އާސެނަލް އިން އެއްވެސް ކުޅުންތެރިއަކު ނުގަނެއެވެ. އަދި އެއްވެސް ކުޅުންތެރިއަކު ވިއްކައެއްވެސް ނުލައެވެ.
އާސެނަލްގެ ވާދަވެރި ޓީމުތަކުގެ ތެރެއިން އެސްޓަން ވިލާ އިން ވަނީ ޕީއެސްޖީގެ މާކޯ އަސެންސިއޯ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރޭޝްފޯޑް ލޯނު އުސޫލުން ގެނެސްފައެވެ. އަދި ކްރިސްޓަލް ޕެލަސް އިން ވަނީ ޗެލްސީގެ ބެން ޗިލްވެލް ލޯނު އުސޫލުން ގެނެސްފައެވެ.
އާސެނަލްގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ނެތުމާ ގުޅިގެން ސަޕޯޓަރުންގެ ފާޑު ކިޔުންތައް ވެސް މަދެއް ނޫނެވެ. ޚާއްޞަކޮށް މިހާރު އާސެނަލްގެ ކުޅުން ހުރި ގޮތާއި، އަދި އިންޖަރީގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން މި ފާޑުކިޔުންތައް އިތުރުވެފައިވެއެވެ. އާ ކުޅުންތެރިން ނުގެނައުމުގެ ސަބަބުން ޕްރިމިއަރ ލީގާއި ޔޫރަޕިއަން މުބާރާތްތަކުގައި އާސެނަލްގެ ވާދަވެރިކަމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
2024 ވަނަ އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި އާސެނަލުން ވަނީ ބްރެންޓްފޯޑްގެ ގޯލްކީޕަރ ޑޭވިޑް ރާޔާ އާއި، ބޮލޮންޔާގެ ޑިފެންޑަރ ރިކާޑޯ ކަލަފިއޯރީ، އަދި ރިއަލް ސޮސިއެދާދްގެ މިޑްފީލްޑަރ މިކެލް މެރީނޯ ގެނެސްފައެވެ. މީގެ އިތުރުން ބޯންމަތުގެ ނެޓޯ އާއި ޗެލްސީގެ ރަހީމް ސްޓާލިންގ ވަނީ ލޯނު އުސޫލުން ގެނެސްފައެވެ. އަދި އެމައިލް ސްމިތް ރޯވް ފުލްހަމަށް ވިއްކާލުމާއެކު، އެރަން ރެމްސްޑޭލް ސައުތެމްޕްޓަނަށް ވިއްކާލާފައިވެއެވެ.









