މޯޕާއިން ވެމްކޯއަށް ޕިކަޕްތަކެއް ހަދިޔާކޮށްފި
މޯޕާއިން ވަނީ ވެމްކޯއަށް ހަތަރު ޕިކަޕާއި ބެއިލަރުގެ އިތުރުން ޕްލާސްޓިކް ފުޅި އެއްކުރަން ގިނަ ޢަދަދެއްގެ ގޯނި ހަދިޔާކޮށްފައި. ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ ރައްކާތެރިކޮށް ޕްލާސްޓިކް މެނޭޖުކުރުމަށް އެ ކޯޕަރޭޝަނަށް ދަތިކަމެއް އެބަހުރި ކަމަށާއި މޯޕާއިން މިއަދު ހަދިޔާކުރި ތަކެއްޗާއެކު މާލެއިން އުކާލާ ގިނަ ޢަދަދެއްގެ ޕްލާސްޓިކް މެނޭޖުކުރުމަށާއި އަތޮޅުތަކުން އުކާލާ ޕްލާސްޓިކްވެސް ރައްކާތެރިކޮށް ރިސައިކަލް ކުރުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށް.
785 ދުވަސް ކުރިން - 15:58