އެޕަލް އިން 600 އަށް ވުރެ ގިނަވަޒީފާ މަދުކޮށްފި
ދުނިޔޭގެ މަސްހޫރު ޓެކް ކުންފުނި އެޕަލް އިން އެކުންފުނީގެ ސެލްފް ޑްރައިވިން ކާރު މަޝްރޫއުގައި މަސައްކަތް ކުރަމުން ދިޔަ ސައިޓުގެ އެޑްރެހުން 600 އަށް ވުރެ ގިނަ މުވައްޒަފުން ދޫކޮށްލަން ނިންމައިފިއެވެ. މެއި މަހު 614 މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް އެ ސްޓޭޓްގެ އެމްޕްލޯއިމަންޓް ޑިޕާޓްމަންޓަށް މާޗް މަހުގެ 28 ވަނަ ދުވަހު އަންގާފައި ވަނީ އެޕަލްގެ ފަހުގެ ޕްލޭނެއްކަމުގައިވާ ސެލްފް ޑްރައިވިން ކާރުގެ މަޝްރޫއު މެދުކަނޑާލުމާގުޅިގެންނެވެ.
920 ދުވަސް ކުރިން - 02:11