ބަރަކާތްތެރި ރަމަޟާން މަހަށް ފަހު ދިވެހިންގެ ތެރޭގައި އީދަށް ތައްޔާރުވުމުގެ ގޮތުން އާންމު ވެފައިވާ އެއް ކަމަކީ އީދު ނަމާދަށް ދިއުމަށް ރީތި އަންނައުނެއް ހޯދުމެވެ.އީދު ދުވަހު އައު ހެދުމެއް ލުމަކީ އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާވެސް ހާއްސަ އިސްކަމެއްދޭ އެއް ކަމެކެވެ. މިކަމަށް ދިވެހިން އިސްކަންދޭވަރު އީދު ވިލޭރޭ ފޭރާން ވިއްކާ ފިހާރަތަކަށް ބަލާލިޔަސް ޔަގިން ވެގެން ދެއެވެ.
އެގޮތުން މާލެ ލޮނުޒިޔާރަތްމަގުގައި ހުންނަ "އިލާލާ" ފިހާރައަކީ މިފަހަރު އީދަށް އެންމެ ބޮޑަށް ތައްޔާރު ވި އެއް ފިހާރަ ކަމަށް ފާހަގަ ކޮށްލެވެއެވެ.
އިލާލާ ފިހާރައިގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ ކައުރީ 45 ގެ މުޅިން އައު ޑިޒައިންތަކެއްގެ ގަމީސްތަކެއް ގެނެސްފައިވާކަމަށް އިލާލާ ފިހާރައިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ފިހާރައިން މިހާރުވެސް ވިއްކަމުން އަންނަ ލީވައިޒް، ޒާރާ، ޓީބީވައި ބްރޭންޑުގެ އައު މުދާ އީދަށް ހާއްސަކޮށް ގެނެސްފައިވާކަމަށެވެ.
އީދު ބަންދުގައި ޗުއްޓީ ހޭދަކޮށްލުމަށް ރަށްރަށަށް ދާއިރު، އެ ދަތުރުކުރާ މާހައުލާ ގުޅުވާލައިގެންވެސް މިހާރު އެފިހާރައިން "ކައުރީ" ބްރޭންޑްގެ ސޯޓާއި، ޓީޝާޓުގެ އިތުރުން ގަމީހާއި ތޮފި ލިބެން ހުންނާނެކަމަށް އިލާލާ ފިހާރައިން ވަނީ ބުނެފައެވެ.
އިލާލާއިން ވަނީ ދިވެހިން ގަޔާވާގޮތަށް އެކި ކުލަކުލައިގެ ޕްލޭން ޓީޝާޓާއި، ގަމީސް ހިމެނޭނޭހެން އީދަށް ހާއްސަކޮށް އައު ސްޓޮކް ގެނެސްފައެވެ.



