ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ ގެނެސް، އެތަކެތި އެއާޕޯޓުން ބޭރު ކުރަން އުޅުނު މައްސަލައިގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދެ މުވައްޒަފަކާއި އިތުރު ދެ މީހަކު އަތުލައިގެންފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައިވަނީ އުސޫލުން ބޭރުން މާޗް މަހުގެ 15ގައި ބޭރު ކުރަން އުޅުނު ލަގެޖެއްގެ ތެރެއިން ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ ލަގެޖުގެ ތެރެއިން ޖުމްލަ 4.5 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އޭގެ ތެރޭގައި މެތާއި ހެރޮއިން ހިމެނޭ ކަމަށް ފުލުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި އެއާޕޯޓުގެ މުވައްޒަފުގެ އިތުރުން ހައްޔަރު ކޮށްފައިވަނީ ލަގެޖް ފޮއްޓާއި ހަވާލުވާން އައި މީހާއާއި ޕާކިސްތާނުގެ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި ފުލުހުން ވިދާޅުވީ އެކަމުގައި އިސްކޮށް ހުރީ، އެމްއޭސީއެލްގެ ސީނިޔާ މުވައްޒަފަކު ކަމަށެވެ. އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އެކަމުގައި ހިމެނޭ އެންމެ އިސް މީހާ ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ދޫކޮށްލާފައިވާއިރު، ކޮންމެ ވެސް ވަރަކަށް ހެކި ހުރި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މިކަމުގައި އެމްއޭސީއެލްގެ ގިނަ މުވައްޒަފުންތަކެއް ވެސް ޝާމިލްވާ ކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އަވަސްކުރަން ތާއީދުކޮށް ކޮންގްރެސް ޕާޓީއިން ނެރޭ ނޫސް ބަޔާން.https://t.co/GCo89IOTU9#PressRelease #DhiveheengeRaajje #CongressPartyMV pic.twitter.com/Y9YhTrr3sE
— PNC Secretariat (@pnc_secretariat)








