އުމުރާގެ މަތިވެރި އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ގދ. ނަޑެއްލާ، މޫނިމާގެ، އައިޝަތު އިބްރާހީމް (74އ) އެވެ.
އައިޝަތުގެ އާއިލާގެ ފަރާތުން ދަރިފުޅު އަފީފާ އަފީފް ކިޔައިދިން ގޮތުގައި އޭނާގެ މަންމަ ނިޔާވީ އިއްޔެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.އަދި ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަމަށް ވެސް ދަރިފުޅު ބުންޏެވެ.
"އުމުރާއަށް ގޮސް އުޅެނިކޮށް މަންމަ ވަރަށް ބޮޑަށް ރޯގާ ޖެހުނީ. ދެން ބަލިވެގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ." އަފީފާ ބުންޏެވެ.
އަފީފާ ބުނިގޮތުގައި މަންމަ އުމުރާއަށް ގޮސް އުޅުނީ އޭނާގެ ދެ ކޮއްކޮއަކާއެކު ކަމަށެވެ.
އުމުރާއަށާއި ހައްޖަށް ގޮސް އުޅޭ ފަރާތްތައް މަދުން ނަމަވެސް މައްކާގެ މާތް ބިމުގައި ނިޔާވެއެވެ.








