ޕްރިމިއާ ލީގުގައި ރޭ އާސެނަލް ބްރައިޓަން އާ ދެކޮޅަށް ކުޅުނު މެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލްގެ އެއްވަނަ އަށް އަލުން ޖެހިލައިފިއެވެ. މިމެޗްގެ ނަތީޖާ އާއެކުގައި އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 31 މެޗުން ލިބުނު 71 ޕޮއިންޓާ އެކުގައެވެ. ބްރައިޓަން ދަނޑުގައި ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ އާސެނަލްއެވެ.
އާސެނަލް އިން މެޗުގެ ލީޑް ނަގާފައި ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބަކާޔޯ ސަކާއެވެ. މިއީ ޕެނަލްޓީ އޭރިއާގެ ތެރެއިން އާސެނަލްގެ ފޯވާޑް ގެބްރިއަލް ޖެސުސް އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިމެޗްގެ ދެވަނަ ހާފްގެ 62 ވަނަ މިނެޓުގައި ކައި ހަވާޓްޒް އަދި މެޗުގެ 86 ވަނަ މިނެޓުގައި ލިއަންޑްރޯ ޓްރޮސާޑް ލަނޑުޖަހައި އާސެނަލް އިން ވަނީ ލީޑް ފުޅާކޮށްފައެވެ.
ޕްރިމިއާ ލީގުގައި އާސެނަލް 1ވަނައިގައި ހަމަޖެހިލިއިރު ދެވަނައިގައި އޮތީ 30 މެޗުން ލިބުނު 70 ޕޮއިންޓާ އެކުގައި ލިވަޕޫލެވެ. އަދި މަންޗެސްޓަރ ސިޓީ ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާ އެކުގައި ލަނޑުގެ ތަފާތަކުން ތިން ވަނައިގައި އޮތީ ކްރިސްޓަލް ޕެލެސް އާއެކު ރޭކުޅުނު މެޗް 4-2 ގެނަތީޖާއަކުން މޮޅުވެގެންނެވެ.



