
ރައީސް ފޮނުއްވި ސިޓީފުޅުގައި، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމުމުން ރާއްޖޭގެ ކަންބޮޑުވުން ފާޅުކުރެއްވި. އަދި ދެ ގައުމުގެ ތާރީހީ ގުޅުމަށް އަލިއަޅުއްވާލައްވައި، ދިވެހިންގެ ހައްގުތައް ހިމާޔަތްކުރުމާއެކު މި މައްސަލައިގައި އިނގިރޭސިވިލާތާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްގެންދިއުމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.
1 ދުވަސް ކުރިން - 11:58
ފީފާގެ ގަވާއިދުތަކާ ޚިލާފަށް ދަނޑުމަތީގައި ސިޔާސީ މެސެޖުތައް ބޭނުންކުރުމާއި، ސަޕޯޓަރުންގެ އަޚުލާގީ މައްސަލަތަކާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ ބިރު ވެސް އެބައޮތް.
54 ދުވަސް ކުރިން - 19:57
މި މެޗު ތާރީޚުގެ ތެރެއަށް ވަދެގެންދިޔައީ، އިލެކްޓްރޯނިކް ތަފާސްހިސާބުތައް ބަލަހައްޓަން ފެށި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން، މެޗެއްގެ ފުރަތަމަ ހާފުގައި އެންމެ ގިނަ ފައުލް ފެނުނު މެޗުގެ ގޮތުގަ.
55 ދުވަސް ކުރިން - 02:25
ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ފްރާންސާއި އިނގިރޭސިވިލާތް އިސްވެ، ނޭޓޯ އާއި ގަލްފުގެ އަރަބި ގައުމުތަކާ ގުޅިގެން މަލްޓިނޭޝަނަލް މެރިޓައިމް މިޝަނެއް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކެއް ނޭޓޯ ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުންތަކުގައި ވަނީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފަ
62 ދުވަސް ކުރިން - 18:47
އިނގިރޭސި ޓީމުން ތިބޭ ވަކި ތަނެއް ސިއްރުކުރަން ބޭނުންވި ނަމަވެސް، އެ މަޢުލޫމާތު ވަނީ ލީކުވެފަ. މެކްސިކޯ ސިޓީގެ އުސްމިނުގެ ސަބަބުންނާއި، ކުރިއަށް އޮތް ގަދަ ވިއްސާރައިގެ ސަބަބުން މެޗަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ.
66 ދުވަސް ކުރިން - 23:27
މެޗުގެ 7 ވަނަ މިނެޓުގައި ކޮންގޯއިން ލީޑު ނެގި ނަމަވެސް، ފަހު ހާފުގައި ހެރީ ކޭން ޖެހި ދެ ލަނޑުން އިންގްލެންޑުން ވަނީ ނަތީޖާ އަނބުރާލާފަ. ގަދަ 16 ގައި އިންގްލެންޑު ވާދަކުރަންކެހޭނީ މެކްސިކޯއާ.
69 ދުވަސް ކުރިން - 23:04
ރޭ ދަންވަރު ކުޅުނު މި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެން. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް މިވަނީ 4 ޕޮއިންޓް ލިބިފަ. އެހެން ކަމުން ގްރޫޕް ރޭންކް ކަނޑައެޅޭނީ ފަހ މެޗަށްފަހު.
77 ދުވަސް ކުރިން - 10:20
ކްރޮއޭޝިއާއިން ލަނޑެއް ޖަހައި 2-2 އިން އެއްވަރުކޮށްފައި ވަނިކޮށް ބެލިންހަމް އާއި ރަޝްފޯޑްގެ ލަނޑުތަކާއެކު އިންގްލެންޑުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފަ. މެޗު ނިމުނީ 4-2 އިން އިންގްލެންޑް މޮޅުވެގެން.
83 ދުވަސް ކުރިން - 09:58
މި ވައްކަން ހިނގާފައިވަނީ އަންނަ ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ތައްޔާރުވުމުގެ މަސައްކަތް ޓީމުން ފަށާފައިވަނިކޮށް. ވަގަށް ނެގި ސާމާނުތަކުގެ ތެރޭގައި ޓީމުން ތަމްރީނުތަކުގައި ބޭނުންކުރާ ބޯޅަތަކާއި ބޫޓުތައް ހިމެނޭ.
87 ދުވަސް ކުރިން - 20:22
ވަގަށް ނެގި ސާމާނުތަކުގެ ތެރޭގައި ޓީމުން ތަމްރީނުތަކުގައި ބޭނުންކުރާ ބޯޅަތަކާއި ބޫޓުތައް ހިމެނޭ. މި ހާދިސާ ހިނގާފައިވަނީ ފްލޮރިޑާގައި އޮތް ޕްރީ-ޓޯނަމަންޓް ކޭމްޕް ނިންމާލުމަށްފަހު، ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 'ސްވޯޕް ސޮކަރ ވިލެޖް' އަށް ސާމާނުތައް ބަދަލުކުރަނިކޮށް.
88 ދުވަސް ކުރިން - 14:08
މި 20 ކުޅުންތެރިންގެ ލިސްޓުގައި ސްޕެއިންގެ ތިން ކުޅުންތެރިން ހިމެނޭއިރު މޮރޯކޯ, ފްރާންސް އަދި ޖަރުމަނުގެ ދެ ކުޅުންތެރިން ހިމެނޭ. މި ކުޅުންތެރިންނަކީ މިހާރުވެސް ކުލަބު އަދި ގައުމީ ފެންވަރުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިން.
90 ދުވަސް ކުރިން - 07:34
39 މީހުން ހިމަނައިގެން ކުރި ފުރަތަމަ މަރުހަލާގެ ޓެސްޓުތައް މިހާރު ވަނީ ނިމިފަ. މިއީ ކޮވިޑް-19 ގެ ހުރިހާ ބާވަތްތަކެއްގެ އިތުރުން، މިހާރު ޖަނަވާރުންގެ މެދުގައި ފެތުރެމުންދާ އަދި އިންސާނުންގެ ތެރެއަށް ފެތުރި ބަލިމަޑުކަމަކަށް ބަދަލުވުމުގެ ބިރުއޮތް ކޮރޯނާ ވައިރަހުގެ ހުރިހާ އާއިލާއަކުން ރައްކާތެރިކޮށްދޭނެ ގޮތަށް ފަރުމާކޮށްފައިވާ ވެކްސިނެއް.
96 ދުވަސް ކުރިން - 13:35
75 އަހަރުގެ ކީގަންއަށް ކެންސަރު ޖެހިފައިވާކަން އޭނާގެ އާއިލާއިން އެންމެ ފުރަތަމަ ހާމަކުރީ މިއަހަރުގެ ޖެނުއަރީ މަހު. އެއީ ބަނޑުގެ މައްސަލަތަކަކާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް.
99 ދުވަސް ކުރިން - 06:44