ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އިންގްލެންޑުން، ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ދެ ލަނޑާއެކު 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް، މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި އިންގްލެންޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ ކޭންގެ އިތުރުން ޖޫޑް ބެލިންހަމް އަދި މާކަސް ރަޝްފޯޑެވެ. ކޭން ގެ ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކުރި ލަނޑެކެވެ.

ޖޫޑް ބެލިންހަމް (ޖ.10)، އިންގްލެންޑްގެ ތިންވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އިންގެލެންޑުން ލަނޑެއް ޖަހާއިރަށް ކްރޮއޭޝިއާ އިން ވެސް ދިޔައީ ލަނޑު ޖަހައި މެޗުގެ ފޯރި އިތުރަށް ގަދަކުފަމުންނެވެ. މި މެޗަކީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި އަދި ހަމަލާތައް ގިނަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ.
ކްރޮއޭޝިއާއިން ލަނޑެއް ޖަހައި 2-2 އިން އެއްވަރުކޮށްފައި ވަނިކޮށް ބެލިންހަމް އާއި ރަޝްފޯޑްގެ ލަނޑުތަކާއެކު އިންގްލެންޑުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.









