އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 8 ބިން ވިއްކުމަށް ހުޅުވާލައިފި. ބީޗް ފްރަންޓުން 2 ބިމާއި ބީޗް ސައިޑުން 6 ބިން ހިމެނޭ.
680 ދުވަސް ކުރިން - 00:07
އަލުން ގުރު ނަގަނީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް އައި ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާތީ.
697 ދުވަސް ކުރިން - 15:11
މިނިސްޓްރީން ބުނީ ހުރިހާ ފޯމުތައް ރީ-އިވެލުއޭޓްކުރުމަށް އިތުރު ވަގުތު ބޭނުންވާތީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު ޢާންމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް.
698 ދުވަސް ކުރިން - 15:32
ފުލުހުން ބުނީ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލި ކަމަށާއި، އެކަމަށް އެދި ހުށަހަޅާ ފޯމު ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކެއް ހިމެނޭ ގޮތަށް ދައުރުކުރަމުން އަންނަނީ ޞައްޙަ މެސެޖެއް ނޫން ކަމަށް.
711 ދުވަސް ކުރިން - 12:35
މި ހައުސިން ޔުނިޓުތައް ދިވެހި ސަރުކާރާއި ހަވާލުކުރީ އިންޑިއާގެ ސަރުކާރުގެ ދައުވަތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން
719 ދުވަސް ކުރިން - 18:07
މި އެއްބަސްވުމުގެ ދަށުން، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށާއި، އެކަމާގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވޭ. މި މަޝްރޫޢުއަށް ޔޫއެންޑީޕީ މެދުވެރިކޮށް 900,000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފަވޭ.
722 ދުވަސް ކުރިން - 18:17
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫޢުތަކުގެ ކުރިއެރުން ބެލުމަށް އެކި މުއައްސަސާތަކާ ބައްދަލުކުރަން ފަށައިފި. މިހާތަނަށް 10 މުއައްސަސާއަކާ ބައްދަލުކޮށްފައިވާއިރު، މި ބައްދަލުވުންތަކުގެ މަޤްޞަދަކީ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބަލައި، ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މަސައްކަތްތައް އަވަސްކުރުން. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2025 ވަނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް.
747 ދުވަސް ކުރިން - 18:08
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ މާލެ ސަރަޙައްދުގެ ރަށަކަށް ހިޖުރަ ކުރަން ކަމަށާއި ތުލުސްދޫ ޚިޔާރުކޮށްފައިވަނީ އެ ރަށަށް ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުން ކަމަށް.
747 ދުވަސް ކުރިން - 14:53