Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފްލެޓް ލިސްޓު ނެރުން ނޮވެމްބަރަށް ފަސްކޮށްފި

އަައިޝަތު ޒީނާ
746 ދުވަސް ކުރިން - 28 އޮކްޓޫބަރު 2024 15:32
ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު. / ފޮޓޯ: އެޓޯލް ޓައިމްސް
ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު. / ފޮޓޯ: އެޓޯލް ޓައިމްސް
ޚުލާސާ

މިނިސްޓްރީން ބުނީ ހުރިހާ ފޯމުތައް ރީ-އިވެލުއޭޓްކުރުމަށް އިތުރު ވަގުތު ބޭނުންވާތީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު ޢާންމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް.

މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް ޢިއުލާނުކުރި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމު ކުރުން ނޮވެމްބަރަށް ފަސްކޮށްފިއެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ފްލެޓް ލިސްޓު އާންމުކުރާނެ ކަމަށެވެ.

ނަމަވެސް އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް 22 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 15 ނޮވެމްބަރު 2023 ގައި ޢިއުލާނުކުރި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު "ހައުސިންގ އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ" އަށްވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން 15 ނޮވެމްބަރު 2023 ގައި ޢިއުލާނުކުރި ދާއިމީ ލިސްޓު އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނާތީ، މި ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނީ މި މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު ޢާންމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންނަނީ 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1,200 ފްލެޓާއި ތިން ކޮޓަރީގެ 2,800 ފްލެޓް ހިމެނެއެވެ.

އެ ހުރިހާ ޓަވަރެއްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށް، އެ ފްލެޓުތައް ހަދަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 700 ފްލެޓު ނިންމުމަށް ފަހު މިހާރު ސަރުކާރާ ވަނީ ހަވާލުވެސް ކޮށްފައެވެ.

ހައުސިންގ މިނިސްޓްރީގެދޮރުވެރިޔާ ސްކީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށްބުނެ ފައިސާ ނަގަނީ

ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށްބުނެ ފައިސާ ނަގަނީ

255 ދުވަސް ކުރިން - 14:42

ގޯއްޗާއި ފްލެޓަށް 5،000 އަށްވުރެ ގިނަ ފޯމު!

ގޯއްޗާއި ފްލެޓަށް 5،000 އަށްވުރެ ގިނަ ފޯމު!

262 ދުވަސް ކުރިން - 20:57

ގެދޮރުވެރިޔާ ސްކީމް: 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

ގެދޮރުވެރިޔާ ސްކީމް: 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

320 ދުވަސް ކުރިން - 16:24

76 ޕޮއިންޓް ލިބުނު 330 މީހަކަށް ފްލެޓް!

76 ޕޮއިންޓް ލިބުނު 330 މީހަކަށް ފްލެޓް!

396 ދުވަސް ކުރިން - 18:31

ކުއްޔަށްދީފައިވާ ފްލެޓުތައް ދައުލަތަށް ނަގަން ފަށަނީ

ކުއްޔަށްދީފައިވާ ފްލެޓުތައް ދައުލަތަށް ނަގަން ފަށަނީ

397 ދުވަސް ކުރިން - 17:53

"އެެއްބަސްވުމާ ހިލާފުވެ ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން"

"އެެއްބަސްވުމާ ހިލާފުވެ ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން"

398 ދުވަސް ކުރިން - 16:10