Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގެދޮރުވެރިޔާ ސްކީމް: 76 ޕޮއިންޓް ލިބުނު 330 މީހަކަށް ތިން ކޮޓަރީގެ ފްލެޓް ދެނީ

ގެދޮރުވެރިޔާ ސްކީމް: 76 ޕޮއިންޓް ލިބުނު 330 މީހަކަށް ތިން ކޮޓަރީގެ ފްލެޓް ދެނީ

މުހައްމަދު ޖަމްޝަތު
321 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 18:31
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓުތައް---ފޮޓޯ:ޚުލާސާ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓުތައް---ފޮޓޯ:ޚުލާސާ
ޚުލާސާ

މި މަޝްރޫއުގެ ދަށުން ޖުމްލަ 32 ޓަވަރު ތަރައްގީކުރަމުންދާއިރު ނިމިފައިވާ ބައެއް ޓަވަރުތަކުގައި މީހުން ދިރިއުޅެން މިހާރު ވަނީ ފަށައިފަ

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންގެ ތެރެއިން 76 ޕޮއިންޓް ލިބުނު ނަމަވެސް ފްލެޓް އެލޮކޭޝަން ނަހަދާ ހުރި 330 މީހަކަށް 3 ކޮޓަރީގެ ފްލެޓް ދޭން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓް އަދި އެއަށްވުރެ މަތިން ޕޮއިންޓް ލިބުނު މީހުން ތިއްބާ އެމީހުންނަށް ފްލެޓް އެލޮކޭޝަން ނުހަދައި 75 ޕޮއިންޓް ލިބުނު ބަޔަކާއެކު އެގްރީމަންޓް ހަދައި ތިން ކޮޓަރީގެ ފްލެޓް ދިން މައްސަލައެއް މިފަހުން ފެންމަތިވެފައިވާ ކަމަށެެވެ. އެގޮތުން އެފަދަ 315 މީހަކަށް ފްލެޓް ދީފައިވާކަމަށާއި އެހެންވެ އިންސާފަށް އަމަލުކުރުމަށް އެ އެއްމެންގެ ފްލެޓް ނަމްބަރުތައް ކެންސަލްކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 75 ޕޮއިންޓް ލިބުނު ފަރާތްތަކަށް ފްލެޓް އެލޮކޭޓް ކުރާނީ އެއަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ފްލެޓު ދިނުމަށްފަހު ބާކީވާ ފްލެޓުތަކުން ކަމަށާއި އެގޮތަށް ހަދަން ބަލާއިރު ފްލެޓް ނަންބަރު ކެންސަލްކުރި 315 މީހުންނަށް 3 ކޮޓަރީގެ ފްލެޓު ހަމަނުވާ ކަމަށެވެ. އެހެންވެ އެމީހުންނަށް ފްލެޓު ދޭނީ ގުރުއަތުން ކަމަށާއި ގުރުލައިގެން ނުހޮވޭ މީހުންނަށް ދެކޮޓަރީގެ ފްލެޓް ދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

Advertisement

Advertisement 1

"އަޅުގަނޑުމެން ޔަގީންކޮށްދޭން ބޭނުންވަނީ އަސާސީ ޝަރުތު ހަމަވެ، އޭރު އެފްޑީސީއާއެކު ސޮއިކޮށްފައިވާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ދެވޭނެކަން، ތިން ކޮޓަރި ނުދެވިއްޖެނަމަ ދެ ކޮޓަރީގެ އެޕާޓްމަންޓުވެސް ލިބޭނެ." މުއްތަލިބު ވިދާޅުވި އެވެ.

ގެދޮރުވެރިޔާގެ މަޝްރޫއުގެ ދަށުން ފްލެޓް ލިބެނީ 73 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބިގެންނެވެ. އެ ސްކީމަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެތެރެއިން 1،218 މީހަކު ޝަރުތު ހަމަވާކަމަށް އޭރު ސަރުކާރުން އާއްމުކުރި ލިސްޓުގައި ވެ އެވެ. އޭގެތެރެއިން ގުރުއަތު ނަގައި ފްލެޓް ނަންބަރު އެލޮކޭޓް ކުރީ 1،160 މީހަކަށެވެ. ބާކީ 58 މީހަކަށް ފްލެޓް އެލޮކޭޓެއް ނުކުރެ އެވެ.

މުއްތަލިބު ވިދާޅުވިގޮތުގައި އޭރު އިއުލާނުކުރި ފްލެޓު ލިސްޓުގައި ނެތް އެއްވެސް މީހަކަށް މި ސަރުކާރުން ފްލެޓް ދީފައިނުވާނެ އެވެ. އަދި ފައިނަލް ލިސްޓު އިއުލާނުކޮށްފައި އޮތުމުން ޕޮއިންޓް ލިބިފައިވަނީ ކިހިނެއްތޯ ނުބައްލަވާ ކަމަށާއި ނަމަވެސް އަސާސީ ޝަރުތުތައް ހަމަވޭތޯ ބަލައި އެ ޝަރުތުތައް ހަމަނުވާ ފަރާތްތަށް ލިސްޓުން އުނިކޮށްފައިވާނެކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުގެދޮރުވެރިޔާ ސްކީމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

44 ދުވަސް ކުރިން - 23:50

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

47 ދުވަސް ކުރިން - 14:14