Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސޯޝަލް ހައުސިން ޔުނިޓްތައް ބަލައި ފާސްކޮށް، ކުއްޔަށް ދޫކޮށްފައިވާނަމަ ދައުލަތަށް ނަގަނީ

ސޯޝަލް ހައުސިން ޔުނިޓްތައް ބަލައި ފާސްކޮށް، ކުއްޔަށް ދޫކޮށްފައިވާނަމަ ދައުލަތަށް ނަގަނީ

މުހައްމަދު ޖަމްޝަތު
333 ދުވަސް ކުރިން - 11 އޮކްޓޫބަރު 2025 17:53
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު---ފޮޓޯ: ރައީސް އޮފީސް
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގެދޮރުވެރިޔާ ފްލެޓުތައް ކުއްޔަށްދޭ މައްސަލަ ފެންމަތިވެފައިވާއިރު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން މިއަދު ވިދާޅުވީ އެ ފްލެޓުތައް ކުއްޔަށްދޭ ފަރާތްތަށް ހޯދައި ފްލެޓު އަތުލާނެ ކަމަށް

އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދީފައިވާ ފްލެޓުތައް ކުއްޔަށް ދޫކުރާނަމަ އެއްބަސްވުންތައް ބާތިލުކޮށް ދައުލަތަށް އެފަދަ ތަންތަން ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓުތަކަށް އެތައް ބަޔަކު އެދިއެދި ތިބޭއިރު އެފަދަ ތަންތަން ލިބޭ މީހުން ބޮޑު އަގުގައި ތަން ކުއްޔަށް ދީގެން ބޮޑު މަންފާއެއް ނަގަމުންދާ މައްސަލައަކީ އަ]ބަދުވެސް ބޮޑު މައްސަލަ އެކެވެ. ހިޔާ ފްލެޓުތައްވެސް ބޮޑު އަގުގައި ކުއްޔަށް ދެމުންއަންނަ އިރު ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 4،000 ފްލެޓު އެއްކޮށް ހަވާލުކޮށް ނުނިމެނީސް އެތަންތަން ކުއްޔަށް ދޭ މައްސަލަ މިހާރު ވަނީ ފެންމަތިވެފަ އެވެ.

މިކަމާއި ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށްވާއިރު އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫން ކަމަށެވެ.

Advertisement

Advertisement 1

އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ސޯޝަލް ހައުސިން ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުން އަދި އެންމެ 78 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައިވާއިރު އެތަންތަން ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރަން ވަނީ ފަށައިފަ އެވެ. ސަރުކާރަށް އެންމެ 11،500ރ ދައްކަންޖެހޭ 3 ކޮޓަރީގެ ފްލެޓެެއްވެސް ކުއްޔަށް ދޭން ޖަހާފައިވަނީ 25،000ރ އަށެވެ. ސަރުކާރަށް އެންމެ 7،000ރ ދައްކަންޖެހޭ 2 ކޮޓަރީގެ ހިޔާ ފްލެޓުތައްވެސް ކުއްޔަށް ދެމުންދަނީ 18،000ރ އަށްވުރެ ބޮޑު އަގުގަ އެވެ. ހިޔާ ފްލެޓުތައް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަވެސް ވަނީ ބޮޑުވެފަ އެވެ.

ވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެދޮރުވެރިޔާ ސްކީމް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

ލ.ގަމުގެ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

1 ދުވަސް ކުރިން - 18:05

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

6 ދުވަސް ކުރިން - 12:50

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

10 ދުވަސް ކުރިން - 11:32

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

15 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

16 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

18 ދުވަސް ކުރިން - 13:47

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%