Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޯއްޗަށް 1,633 އަދި ފްލެޓަށް 3,434 ފޯމު ހުށަހަޅައިފި

ގޯއްޗަށް 1,633 އަދި ފްލެޓަށް 3,434 ފޯމު ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު
198 ދުވަސް ކުރިން - 23 ފެބްރުއަރީ 2026 20:57
މި ސަރުކާރުން ގިނަ އަދަދަކަށް ގޯތި ދިނުމަށް ހިއްކަމުންދާ ރަސްމާލެ. / ފޮޓޯ: ޚުލާސާ
މި ސަރުކާރުން ގިނަ އަދަދަކަށް ގޯތި ދިނުމަށް ހިއްކަމުންދާ ރަސްމާލެ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މާޗު މަހުގެ 4 ވަނަ ދުވަސް. ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޕްރީލް މަހުގެ 17 ވަނަ ދުވަސް.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅައިފި އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ގޯއްޗަށް އެދި 1,633 ފޯމު ހުށަހަޅާފައިވާއިރު، ފްލެޓަށް އެދި 3,434 ފޯމު ވަނީ ހުށަހަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމުލަ 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރާ ކޮންމެ ގޯއްޗަކީ 1,250 އަކަފޫޓުގެ ބިމެކެވެ. މާލޭގެ ރަށްވެހިންނަށާއި، ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި އަލަށް ތަރައްގީކުރާ ރަސްމާލެއިންނެވެ. މީގެ އިތުރުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

ފްލެޓް ދޫކުރުމުގެ މަޝްރޫއަށް ބަލާއިރު، ޖުމުލަ 7,900 ފްލެޓް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ:

Advertisement

Advertisement 1
  1. މާލޭ ރަށްވެހިންނަށް: 4,000 ފްލެޓް
  2. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 1,500 ފްލެޓް
  3. ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް: 2,400 ފްލެޓް

ބޯހިޔާވަހިކަމުގެ މި މަޝްރޫއަށް ފޯމު ހުށަހެޅުމުގެ ސުންގަޑިތަކަށް ބަލާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މާޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ އެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމަށެވެ.

ގެދޮރުވެރިޔާ ސްކީމްރަސްމާލެމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

ލ.ގަމުގެ ހައުސިންގް ޔުނިޓު މަޝްރޫއުގެ 95.5% މަސައްކަތް ނިމިއްޖެ

1 ދުވަސް ކުރިން - 18:05

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

6 ދުވަސް ކުރިން - 12:50

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

15 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

16 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

18 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

36 ދުވަސް ކުރިން - 00:38