ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫ އާއި ރ. އުގޫފާރު. މި ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާނީ 32 މީހުންގެ ޖާގައިގެ ސްޕީޑް ފެރީއެއް.
195 ދުވަސް ކުރިން - 23:51
ރ. އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ މިރޭ ދުވާފަރަށް ގޮސްފި. އޭނާގެ ޙާލު ރަނގަޅު.
335 ދުވަސް ކުރިން - 01:45
ރ އާއި މ އަތޮޅުގެ ހުރިހާ ރަށެއްގައި ހަރަކާތްތައް ކުރިއަށް ގެންދިޔައީ, ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ޓީމެއް ޒިޔާރަތްކޮށްގެން.
338 ދުވަސް ކުރިން - 14:33
މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް.
350 ދުވަސް ކުރިން - 15:19
ރައީސް ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށް.
350 ދުވަސް ކުރިން - 15:13
ގެއްލިގެން އިއްޔެއިން ފެށިގެން ހޯދަމުން ދަނީ 25 އަހަރުގެ އާފްތާބު ހާން. އޭނާ ގެއްލުނީ އިއްޔެ މެންދުރުފަހު 3:35 ހާއިރު. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 4:09 ހާއިރު.
498 ދުވަސް ކުރިން - 19:41
މާކުރަތުގެ ބަނދަރުގެ މަސައްކަތާއި، ކުރިން ފެށި ޕަބްލިކް ވޯކްސް ސަރަހައްދު ތަރައްޤީކުރުމުގެ އިތުރުން ޞިއްޙީ މަރުކަޒާއި ސްކޫލާއި އަދި ޒުވާނުންނަށް ބޭނުންވާ ތަފާތު ކަންކަން ވެސް އެރަށުގައި ހިންގާނެ.
504 ދުވަސް ކުރިން - 18:32
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މާކުރަތުގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައި.
504 ދުވަސް ކުރިން - 18:26
މި އެއްބަސްވުމުގެ ދަށުން، މާކުރަތުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާނެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް އެރަށު ކައުންސިލާއި ހަވާލުކޮށްފައިވޭ.
504 ދުވަސް ކުރިން - 18:19
މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއި ހަވާލުކޮށްގެން އެންމެ ދަށްކޮށްހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން މާކުރަތު ހިމެނޭހެން މިހާތަނަށް 5 ރަށެއްގައި ވަނީ ބިންގާ އަޅާފައި.
504 ދުވަސް ކުރިން - 16:49
މި ދަތުރުފުޅުގެ ތެރެއިން، މާކުރަތުގައި ކައުންސިލްގެ އައު އިމާރާތުގެ ބިންގަލާއި، ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާނެ.
504 ދުވަސް ކުރިން - 16:28
މާކުރަތު މަގުމަތިން ރައީސް ވަޑައިގަންނަވަނިކޮށް ކުޑަކުދިންތަކެއް ރައީސަށް ގޮވާލުމުން، ރައީސް އެކުދިންނާއި ބައްދަލުކުރެއްވި. އޭގެ ތެރެއިން ކުއްޖަކު ރައީސްއަށް ސަލާމްކުރުމަށްފަހު ބުނީ "ރައީސްއޭ ތިމަންނަމެންނަށް ފުޓްސަލް ދަނޑެއް އަޅައިދެއްވާށޭ" ރައީސް، އެކުދީންނަށް ދެއްވީ ޔަޤީންކަން.
504 ދުވަސް ކުރިން - 16:11
އެމްޑީޕީގެ ވެރިކަމުގައި ފައިނު އެއާޕޯޓް އެޅުމަށް ހުރަސް އެޅުމަށްޓަކައި އެއާޕޯޓަށް ސީދާ ބޭނުންވާ ސަރަހައްދުގައި ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ ބައެއް ތަންތަން ހަދާފައިވާތީ. މިސަރުކާރުން އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެއާޕޯޓު އަޅާނެ.
504 ދުވަސް ކުރިން - 15:20