Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރ. އަދި މ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރ. އަދި މ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

އަހްމަދު އީޒާން
429 ދުވަސް ކުރިން - 8 ޖުލައި 2025 14:33
ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މ. ކޮޅުފުށީ ކައުންސިލަށް މިނިސްޓްރީން ގަހެއް ހަދިޔާކުރަނީ / ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މ. ކޮޅުފުށީ ކައުންސިލަށް މިނިސްޓްރީން ގަހެއް ހަދިޔާކުރަނީ / ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ޚުލާސާ

ރ އާއި މ އަތޮޅުގެ ހުރިހާ ރަށެއްގައި ހަރަކާތްތައް ކުރިއަށް ގެންދިޔައީ, ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ޓީމެއް ޒިޔާރަތްކޮށްގެން.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރ. އަދި މ. އަތޮޅުގެ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމުގައިވާ، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މ. އަތޮޅާއި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހަރަކާތްތަކުގައި ރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސް ވެސް އެ އަތޮޅުތަކުގެ ރަށްތަކަށް ހަދިޔާކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

އެ ދެ އަތޮޅުގެ ހުރިހާ ރަށެއްގައި އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ, ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ޓީމެއް އެ ރަށްރަށް ޒިޔާރަތްކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ދެ އަތޮޅުގެ ކޮންމެ ރަށަކަށް އާންމުކޮށް ރަށްރަށުގައި ހެދޭ 50 ގަހެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހަދިޔާކުރެވުނު ހައިވަކަރު ގަސްތަކަކީ، ސްރީ ލަންކާ ސަރުކާރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާ ކުރި ގަސްގަހެވެ. އެ ގަސްގަހުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބުމާ އެކު، ރިސޯޓުތަކަށް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް މިނިސްޓްެރީން ވަނީ ފަށައިފަ އެވެ.

މިހާތަނަށް ރ, ލ, އަދި މ. އަތޮޅުގެ ރަށްރަށުގެ އިތުރުން އެއާޕޯޓް ހުރި ރަށްރަށަށް ވެސް ހައިވަކަރު ގަސްތައް ވަނީ ހަދިޔާކޮށްފަ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތްތައް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މިނިސްޓްރީން ބުނީ ހައިވަކަރު ގަސްތަކަކީ، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރަމްޒުކޮށްދިނުމުގެ ގޮތުން ލޭންޑްމާކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްގަހެވެ. އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގުދުރަތީ ވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންރ. އަތޮޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

6 ދުވަސް ކުރިން - 13:10

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

9 ދުވަސް ކުރިން - 12:07

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

17 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

19 ދުވަސް ކުރިން - 21:15

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

28 ދުވަސް ކުރިން - 12:35

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

51 ދުވަސް ކުރިން - 13:55