ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ރ. އުނގޫފާރުގައި އެމްއައިބީގެ އޭޓީއެމް އެއް ބެހެއްޓުމަށް އެއްބަސްވެއްޖެ.
596 ދުވަސް ކުރިން - 22:37
ރާއްޖެއަށް އޮތް ހައްލަކީ އެއްފަސްކުރުން ކަމަށާއި، އެ އިންވެސްޓްމަންޓް ކުރަން ޖެހޭ ކަމަށާއި އަދި އެއީ ބޭކާރު އިންވެސްޓްމަންޓެއް ނޫން ކަމަށް ރައީސް ވިދާޅުވި.
596 ދުވަސް ކުރިން - 21:59
މި ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު އެ އަތޮޅަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ އުނގޫފާރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޓެކްނޮލޮޖީއާއި ބެހޭ ވަޒީރު ޢަލީ އިޙްސާން.
596 ދުވަސް ކުރިން - 21:36
އުނގޫފާރުގައި ރައީސްގެ ޝަރަފުގައި މިރޭ 8:45 ގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. ރައީސަށް މަރުޙަބާ ދެންނެވުމަށް އެރަށު ކުދިބޮޑު ގިނަބަޔަކު ވަނީ މަގުތަކަށް ނުކުމެފަ.
596 ދުވަސް ކުރިން - 18:00
އުނގޫފާރުގައި މިރޭ 8:45ގައި ޚާއްޞަ ޖަލްސާއެއް އޮންނާނެ. މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފަ.
596 ދުވަސް ކުރިން - 17:39
ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން ހެދިގެން ދާނީ ހުރިހާ ރައްޔިތުންގެ ވެސް ޝާމިލުވުން އޮވެގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް.
596 ދުވަސް ކުރިން - 17:26
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅެއް.
596 ދުވަސް ކުރިން - 17:24
ބަނދަރު މަރާމާތުކުރުމާއި، ސްކޫލް ޖާގަ އިތުރުކުރުމާއި، ފުޓްސަލް ދަނޑު އެޅުމާއި، ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމާއި، ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ހެދުމާއި، ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމާއި، ސިއްޙީ ޚިދުމަތްތައް ފުޅާކުރާނެ.
597 ދުވަސް ކުރިން - 15:31
ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށާއި، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމާފައި.
597 ދުވަސް ކުރިން - 15:26
ރައީސްގެ މި ދަތުރުފުޅުތަކުގެ ސަބަބުން ތަރައްޤީގައި ރައްޔިތުންގެ ޚިޔާލު ގާތުން އޮޅުންފިލުވައި އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށެއް ތަރައްޤީ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ.
597 ދުވަސް ކުރިން - 14:48
އިމާރާތް އެޅުމުގެ މައިގަނޑު ބޭނުމަކީ ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް ބާވެ ހަލާކުވުމާ ގުޅިގެން، އެ އިމާރާތުގައި މަސައްކަތް ކުރަން ތިބެވެން ނެތުމުން ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުން.
597 ދުވަސް ކުރިން - 14:21
ރައީސް ވިދާޅުވީ ދެން ވާދޫއަށް ވަޑައިގަންނަވާނީ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް.
597 ދުވަސް ކުރިން - 13:32