Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ދެން ވަޑައިގަންނަވާނީ އުނގޫފާރަށް

ރައީސް ދެން ވަޑައިގަންނަވާނީ އުނގޫފާރަށް

ހުސައިން އިސްމާއިލް
585 ދުވަސް ކުރިން - 21 ޖެނުއަރީ 2025 17:39
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރ. އަނގޮޅިތީމަށް ވަޑައިގެންނެވުން - ދެން އެމަނިކުފާނު ވަޑައިގަންނަވާނީ އުނގޫފާރަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރ. އަނގޮޅިތީމަށް ވަޑައިގެންނެވުން - ދެން އެމަނިކުފާނު ވަޑައިގަންނަވާނީ އުނގޫފާރަށް.
ޚުލާސާ

އުނގޫފާރުގައި މިރޭ 8:45ގައި ޚާއްޞަ ޖަލްސާއެއް އޮންނާނެ. މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެން އޮތީ މިއަދުގެ ފަހު މަންޒިލް ކަމަށްވާ އުނގޫފާރެވެ.

މިއަދު އެމަނިކުފާނު ވަނީ ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

އުނގޫފާރުގައި މިރޭ 8:45 ގައި ޚާއްޞަ ޖަލްސާ އެއް އޮންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވިއެވެ

Advertisement

Advertisement 1

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރަށްރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިޢުލާން ކުރައްވާފައެވެ.

އެގޮތުން, ވާދޫގައި ކުނިކޮށީގެ މައްސަލަ ހައްލުކޮށް، ގޯތި ދޫކުރުމުގެ މަސައްކަތް އަވަސް ކުރެއްވުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ފެއްޓެވުމަށް ވަޢުދުވެވަޑައިގަތެވެ.

ރަސްގެތީމުގައި ބަނދަރު މަރާމާތު ކުރުމާއި، ސްކޫލް ޖާގަ އިތުރުކުރުމާއި، ފުޓްސަލް ދަނޑު އެޅުމާއި، ކުނި މެނޭޖް ކުރުމުގެ ނިޒާމު ޤާއިމުކުރުން ފަދަ މަޝްރޫޢުތައް ފެއްޓެވުމަށް ނިންމަވާފައި ވެއެވެ.

އަނގޮޅިތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލާއި ޙަވާލު ކުރެއްވިއެވެ. އަނގޮޅިތީމުގައި އެމަނިކުފާނު ވިދާޅުވީ، ވަރަށް އަވަހަށް ކައުންސިލް އަދި މުވައްސަސާތައް މެދުވެރިކޮށް ތަރައްޤީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކަމާ ބެހޭ ވުޒާރާއިން އަންނާނެ ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވާދޫއާއި ރަސްގެތީމާއި އަނގޮޅިތީމަށް ވެސް ރައީސް ގިނަ ވަޢުދުތަކެއް ވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ޔަޤީންކަން ދެއްވަނީ އެ ހުރިހާ ވަޢުދުފުޅުތައް ވެސް ވަރަށް އަވަހަށް ފުއްދަވައިދެއްވާނެ ކަމަށެވެ. ދެން އެމަނިކުފާނު އެ ރަށްތަކަށް ވަޑައިގަންނަވާނީ މިއަދު ވެވަޑައިގެންނެވި ވަޢުދުފުޅުތައް އިރާދަކުރެއްވިއްޔާ ފުއްދެވުމަށްފަހު އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމެވެ.

ރ. އަތޮޅުރ. ވާދޫރ. ރަސްގެތީމުރ. އަނގޮޅިތީމުރ. އުނގޫފާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެރަށްރަށަށް ބާލައިފި

93 ދުވަސް ކުރިން - 21:56

ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އެކަނި ދިރިއުޅެމުންދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

124 ދުވަސް ކުރިން - 09:28

ރޭ ކަނޑުމައްޗަށް ނިކުތުމަށް ފަހު ގެއްލިގެން ހޯދި މީހާ ފެނިއްޖެ

ރޭ ޑީންގީގައި ކަނޑުމައްޗަށް ނިކުއް އިގްބާލު ފެނިއްޖެ

169 ދުވަސް ކުރިން - 15:10

އުނގޫފާރު ހޮސްޕިޓަލްގައި ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީކޮށްފި

ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީކޮށްފި

173 ދުވަސް ކުރިން - 13:51

ފެރީގެ ހިދުމަތާއެކު މާދަމާ ނ. އަތޮޅާއި ރ. އަތޮޅު ގުޅާލަނީ

ނ. އާއި ރ. ފެރީން ގުޅުވާލަނީ

274 ދުވަސް ކުރިން - 23:51

މަނަދޫއާއި އުނގޫފާރާ ދެމެދު ނޮވެމްބަރުމަހު އާރުޓީއެލްގެ ހިދުމަތް ފަށަނީ

މަނަދޫއާއި އުނގޫފާރާ ދެމެދު އާރުޓީއެލްގެ ހިދުމަތް ފަށަނީ

403 ދުވަސް ކުރިން - 11:26