މިއަދު ހެނދުނު އިގުބާލް ފެނުނު އިރު އޮތީ ޑިންގީ އިންޖީނު ހުއްޓިގެން ބޮޔެއްގައި ޑިންގީ އައްސައިގެން ރ.އަލިފުށި ކައިރީ،ގަ. އޭނާގެ އަތުގައި ފޯނެއް ވެސް ނެތް
259 ދުވަސް ކުރިން - 15:10
އުނގޫފާރުގައި މިރޭ 8:45ގައި ޚާއްޞަ ޖަލްސާއެއް އޮންނާނެ. މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފަ.
675 ދުވަސް ކުރިން - 17:39
ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމަށް ރައީސް ވިދާޅުވި.
675 ދުވަސް ކުރިން - 14:03
ރައީސް ވިދާޅުވީ ދެން ވާދޫއަށް ވަޑައިގަންނަވާނީ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް.
675 ދުވަސް ކުރިން - 13:32
މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި.
675 ދުވަސް ކުރިން - 12:36
ވާދޫގެ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ބޮޑުހިލަ ގެނައުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މާލީ ވުޒާރާއާއި އެމްޓީސީސީއާއި އެސްޓީއޯ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި.
675 ދުވަސް ކުރިން - 12:33
ރަށްރަށަށް ދަތުރުފުޅު ކުރެއްވުމުގެ ބޭނުމަކީ އެ ދާއިރާ އަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވި.
675 ދުވަސް ކުރިން - 12:13
ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ގުރަތަމަ މަންޒިލަކީ ރ. ވާދޫ. މި ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާނެ.
676 ދުވަސް ކުރިން - 10:38
މިއަދުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމަޔަށް ކުރިޔަށްދާ މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަންނަވާނީ އެ އަތޮޅު ވާދޫއަށް. މިއަދު އެމަނިކުފާނު ހަތަރު ރަށަކަށް ވަޑައިގަންނަވާނެ.
676 ދުވަސް ކުރިން - 08:25