Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރ. އުނގޫފާރުގައި އެމްއައިބީގެ އޭޓީއެމް އެއް ބެހެއްޓުމަށް އެއްބަސްވެއްޖެ

ރ. އުނގޫފާރުގައި އެމްއައިބީގެ އޭޓީއެމް އެއް ބެހެއްޓުމަށް އެއްބަސްވެއްޖެ

އާނާ ފަހީމް
506 ދުވަސް ކުރިން - 21 ޖެނުއަރީ 2025 22:37
ރ. އުނގޫފާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކުރުން
ރ. އުނގޫފާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކުރުން
ޚުލާސާ

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ރ. އުނގޫފާރުގައި އެމްއައިބީގެ އޭޓީއެމް އެއް ބެހެއްޓުމަށް އެއްބަސްވެއްޖެ.

ރ. އުނގޫފާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް ބެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އުނގޫފާރުގައި ބޭއްވުނު ޖަލްސާގައެވެ.

މި އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑައިރެކްޓަރ، މުފައްދަލް އިދްރީސް ޚުމްރީ އެވެ. އަދި އުނގޫފާރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަބްދުﷲ ރަޝީދެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް މުހިންމު އަހައްމިއްޔަތުކަމެއް ދެއްވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ.

Advertisement

Advertisement 1

މިހާރު ރާއްޖޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 190 އޭޓީއެމް ގާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ. ރ. އަތޮޅުގެ ވެރިކަން ކުރާ އުނގޫފާރުގައި މީގެ ކުރިން ވެސް ބީއެމްއެލްގެ އޭޓީއެމް އެއް ހުރެއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ރ. ވާދޫ، ރ. ރަސްގެތީމު އަދި ރ. އަނގޮޅިތީމުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ރަށްރަށުގެ ކައުންސިލްތަކާއި މިއަދު ވަނީ ހަވާލުކޮށްފައެވެ.

މި އެއްބަސްވުންތަކަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަރުކާރުގެ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅުތަކެކެވެ. މިކަމުން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި އެހެނިހެން ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ރ. އުނގޫފާރުރ. އަތޮޅު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުނގޫފާރު ހޮސްޕިޓަލްގައި ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީކޮށްފި

ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީކޮށްފި

94 ދުވަސް ކުރިން - 13:51

ފެރީގެ ހިދުމަތާއެކު މާދަމާ ނ. އަތޮޅާއި ރ. އަތޮޅު ގުޅާލަނީ

ނ. އާއި ރ. ފެރީން ގުޅުވާލަނީ

196 ދުވަސް ކުރިން - 23:51

މަނަދޫއާއި އުނގޫފާރާ ދެމެދު ނޮވެމްބަރުމަހު އާރުޓީއެލްގެ ހިދުމަތް ފަށަނީ

މަނަދޫއާއި އުނގޫފާރާ ދެމެދު އާރުޓީއެލްގެ ހިދުމަތް ފަށަނީ

324 ދުވަސް ކުރިން - 11:26

ކެނޯއާއެކު ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ކެނޯއާއެކު ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

335 ދުވަސް ކުރިން - 01:45

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރ. އަދި މ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

ފަސްމިލިއަން ގަސް ޕްރޮގްރާމް ރ, މ, ގައި

338 ދުވަސް ކުރިން - 14:33

ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

350 ދުވަސް ކުރިން - 15:19