ކެނޯއާއެކު ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ހުސައިން އިސްމާއިލް | 11 ގަޑިއިރު ކުރިން - 10 ޖުލައި 2025 01:45
ދުވާފަރު ފަޅުތެރޭގައި ދޯންޏެއް: ކެނޯގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ހުރީ ދުވާފަރުގަ.
ދުވާފަރު ފަޅުތެރޭގައި ދޯންޏެއް: ކެނޯގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ހުރީ ދުވާފަރުގަ.
ޚުލާސާ

ރ. އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ މިރޭ ދުވާފަރަށް ގޮސްފި. އޭނާގެ ޙާލު ރަނގަޅު.

ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ 35 އަހަރުގެ މީހާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ މީހާ މިރޭގެ ވަގުތެއްގައި ރ. ދުވާފަރަށް ގޮސްފައިވާ ކަމަށާއި އޭނާގެ ޙާލު ރަނގަޅު ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުމައްޗަށް ނުކުމެ އުޅޭއިރު މުވާޞަލާތީ އާލާތްތައް ހަމަކޮށް، ސަލާމަތީކަންކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%