ހުޅުމާލޭގެ ފަޅުތެރެއަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު އިރުއޮއްސި 18:30 ހާއިރު ހުޅުމާލެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށާއި، އޭނާ ފޭބީ ވަލެއް އެއްސުމަށް ކަމަށެވެ.
މެރިން ފުލުހުންނާއި ކޯސްޓްގާޑު ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.









