ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ، އައިލާއަށް ހަބަރު ނުވާތާ 5 މަސް ވެއްޖެ!

ހައްވާ މިރުފާ | 33 ދުވަސް ކުރިން - 27 ޖެނުއަރީ 2026 18:44
މާލެއިން ގެއްލިގެން ހޯދާ އަބްދުލްއަޒީޒު----ފޮޓޯ:މޯލްޑީވިސް ޕޮލިސް ސާވިސް
މާލެއިން ގެއްލިގެން ހޯދާ އަބްދުލްއަޒީޒު----ފޮޓޯ:މޯލްޑީވިސް ޕޮލިސް ސާވިސް
ޚުލާސާ

މިހާތަނަށް އަބްދުލްއަޒީޒުއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ވެސް ދެނެގަނެވިފައެއް ނުވޭ

އާއިލާއަށް ހަބަރު ނުވާތާ ފަސް މަސްދުވަސް ވުމުން ފުވައްމުލަކު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް، ފުލުހުން ފަށައިފި އެވެ.

މިއަދު ފުލުހުންގެ ވެބްސައިޓްގައި އާއްމު ކުރި އިއުލާނުގައިވަނީ ގެއްލިގެން ހޯދަމުންދަނީ އަބްދުލްއަޒީޒު މުހައްމަދު، ދުންފިނިގޭ / ޏ.ފުވައްމުލައް (64އ) ކަމަށެވެ. އަބްދުލްއަޒީޒު މަސައްކަތް ކުރަމުން އައީ މުދާ އުފުލާ ދޯނިފަހަރުގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

އަބްދުލްއަޒީޒު އެންމެ ފަހުން އައިލާއަށް ފޯނުން ގުޅާފައިވަނީ 3 ސެޕްޓެމްބަރު 2025 ގައި އެވެ. އޭގެ ފަހުން އައިލާއިން ބުނެފައިވަނީ އަބްދުލްއަޒީޒުގެ އާއިލާ މީހަކަށް އޭނާ ފެނިފާވަނީ ނޮވެމްބަރު މަހުގެ ތެރޭގައި މާލެ އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރިން ކަމަށެވެ.

އަބްދުލްއަޒީޒު މުހައްމަދު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެމައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެބްސައިޓްގައި އާއްމު ކުރި އިއުލާނުގައި ފުލުހުންވަނީ އަބްދުލްއަޒީޒު ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނަށް އެކަން ވީހާވެސް އަވަހަށް އެންގުމަށް އެދިފަ އެވެ.

އަބްދުލްއަޒީޒުއާ ބެހޭ ގޮތުން އެންގުމަށް 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުންވަނީ އެދިފަ އެވެ.






Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%