Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަނަދޫއާއި އުނގޫފާރާ ދެމެދު ނޮވެމްބަރުމަހު އާރުޓީއެލްގެ ހިދުމަތް ފަށަނީ

މަނަދޫއާއި އުނގޫފާރާ ދެމެދު ނޮވެމްބަރުމަހު އާރުޓީއެލްގެ ހިދުމަތް ފަށަނީ

އަައިޝަތު ޒީނާ
326 ދުވަސް ކުރިން - 22 ޖުލައި 2025 11:26
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މަނަދޫއިން އުނގޫފާރަށް ސީދާ ދަތުރުތައް ކުރުމަށް އާރުޓީއެލްގެ ފެރީއެއް ހަމަޖެއްސުމުގެ މަަސައްކަތް ކުރަމުން އަންނަނީ ނ. އަތޮޅުގެ ގިނަ ރައްޔިތުން ބޭސްފަރުވާ ކުރުމަށް އުނގޫފާރަށް ދާތީ.

މަނަދޫއާއި އުނގޫފާރާ ދެމެދު، ދެމެހެއްޓެނިވި ގޮތެއްގައި ސީދާ ދަތުރުކުރެވޭނޭ ގޮތަށް، މި އަހަރުގެ ނޮވެންބަރު މަހު އާރުޓީއެލް ފެރީގެ ހިދުމަތްތައް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ނ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް މިހާރު ގާއިމްކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބޭސް ފަރުވާގެ ކަންކަމުގައި ނ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން އުނގޫފާރަށް ދާން ޖެހޭ ކަމަށެވެ. އެހެންކަމުން މަނަދޫއިން އުނގޫފާރަށް ސީދާ ދަތުރުތައް ކުރުމަށް އާރުޓީއެލްގެ ފެރީއެއް ހަމަޖެއްސުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ އުނގޫފާރުގައި ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ހޮސްޕިޓަލަކީ މުޅި ސަރަހައްދަށްވެސް އަންނަ ހޮސްޕިޓަލެއް ކަމުން، އުނގޫފާރަށް ސީދާ ދަތުރުކުރާނެ ނިޒާމެއް ބޭނުންވާ ކަމަށެވެ. އަދި އެގޮތުގެ މަތިން ނޮވެމްބަރު މަހު، ދެމެހެއްޓެނިވި ގޮތެއްގައި މަނަދޫއާއި އުނގޫފާރާ ދެމެދު އާރުޓީއެލްގެ ހިދުމަތް ފެށިގެންދާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މުހިންމު މަޝްރޫއުއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނ. މަނަދޫރ. އުނގޫފާރުއާރުޓީއެލް ފެރީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

2 ގަޑިއިރު ކުރިން - 14:50

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ޒުވާނުން ދަސްވެނިވެއްޖެ، މިއީ ގައުމީ ހިދުމަތުގެ ފެށުމެއް: ރައީސް

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ޒުވާނުން ދަސްވެނިވެއްޖެ: ރައީސް

5 ގަޑިއިރު ކުރިން - 12:10

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

3 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

4 ދުވަސް ކުރިން - 13:56