
މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި.
506 ދުވަސް ކުރިން - 12:36

ވާދޫގެ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ބޮޑުހިލަ ގެނައުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މާލީ ވުޒާރާއާއި އެމްޓީސީސީއާއި އެސްޓީއޯ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި.
506 ދުވަސް ކުރިން - 12:33

ރަސްގަތީމަށް ވަޑައިގަތުމަށްފަހު ރައީސް އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރަށުގެ ޙާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރި.
506 ދުވަސް ކުރިން - 12:21

ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ގުރަތަމަ މަންޒިލަކީ ރ. ވާދޫ. މި ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާނެ.
506 ދުވަސް ކުރިން - 10:38

މިއަދުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމަޔަށް ކުރިޔަށްދާ މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަންނަވާނީ އެ އަތޮޅު ވާދޫއަށް. މިއަދު އެމަނިކުފާނު ހަތަރު ރަށަކަށް ވަޑައިގަންނަވާނެ.
506 ދުވަސް ކުރިން - 08:25