އެމްޓީސީސީން ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާއި ހަމައަށް އާރުޓީއެލް ފެރީގައި ރ. އަތޮޅުގެ ރައްޔިތުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދޮ އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެން ކަމަށާއި ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމާއެކު, އެ ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފަ އެވެ.
މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މުހިންމު މަޝްރޫއުއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.