
ޔުނިވަރސިޓީ އޮފް އޮސްލޯގައި ތައުލީމު ހާސިލުކުރައްވަމުންދާ އަދި ނޯވޭގެ އަސްކަރިއްޔާގައި ތަމްރީނު ފުރިހަމަކުރައްވާފައިވާ ކްރައުން ޕްރިންސަސް އިންގްރިޑް އެލެގްޒެންޑްރާ ވެވަޑައިގަންނަވާނީ، 14 ވަނަ ގަރުނުގެ ފަހުން ނޯވޭގެ ތަޚުތަށް ސީދާ އިސްވެވަޑައިގަންނަވާނެ ފުރަތަމަ ރާނީއަށް.
11 ދުވަސް ކުރިން - 21:24
ބައްޕާފުޅު ކިންގް ހަރަލްޑް 5 ވަނަ އަވަހާރަވުމާއި ގުޅިގެން، ކިންގް ހާކޮން 8 ވަނަ ގެ ނަމުގައި ރަސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ ނޯވޭގެ ގާނޫނުއަސާސީގައިވާ ރަސްކަން ވާރުތަވުމުގެ ހަމަތަކުގެ މަތިން،
11 ދުވަސް ކުރިން - 20:35
އުމުރުފުޅުން 89 އަހަރުގައި އެމަނިކުފާނު އަވަހާރަވީ އޮސްލޯގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް، ސިއްހީ ހާލުކޮޅު ކުއްލިއަކަށް އިތުރަށް ގޯސްވުމުގެ ސަބަބުން. ނޯވޭގެ ޝާހީ ގަޑުވަރުން ހާމަކޮށްފައިވާ ގޮތުގައި ރަސްގެފާނު އަވަހާރަވީ މިއަދު ހެނދުނު ރާއްޖެގަޑިން 9:35 ގަ.
11 ދުވަސް ކުރިން - 20:24