ހާލަންޑު ނިކުމެ އިޒްރޭލު ފަޅާލައިފި

އައިޝަތު އީމާން | 5 ދުވަސް ކުރިން - 11 އޮކްޓޯބަރު 2025 03:59
ނޯވޭގެ ފޯވާޑު ހާލަންޑު. މި މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދާފައި.
ނޯވޭގެ ފޯވާޑު ހާލަންޑު. މި މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދާފައި.
ޚުލާސާ

ވޯލްޑް ކަޕު ކޮލިފިކޭޝަންސް ގެ މި މެޗުގައި 0-5 ގެ ނަތީޖާއިން ނޯވޭ މޮޅުވެފައިވާއިރު ހާލަންޑު ވަނީ ހެޓްރިކް ހަދާފައި.

އަނިޔާވެރި ޔަހޫދީ އިޒްރޭލް ލަދުވެތި ގޮތަކަށް ހާލަންޑާއި އޭނަގެ ގައުމު ކަމަށްވާ ނޯވޭއިން ބަލިކޮށްފި އެވެ.

ވޯލްޑް ކަޕުގެ ކޮލިފިކޭޝަނުގެ ޔޫރަޕް ބައްރުގެ ގްރޫޕް އައި ގައި ހިމެނޭ މި ދެ ގައުމުގެ ކުރިމަތިލުން ނޯވޭ އިން ކާމިޔާބުކޮށްފައިވަނީ 0-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހާލަންޑު ހެޓްރިކެއް ހަދާފައިވާއިރު އަނެއް ދެ ގޯލަކީ އިޒްރޭލު ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ގޯލުތަކެކެވެ.

މެޗުގެ ހަ ވަނަ މިނެޓުގައި ނޯވޭ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް އިޒްރޭލުގެ ކީޕަރު ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި އިޒްރާއިލްގެ ގޯލު ހުޅުވާލަދިނީ އެމީހުންގެ ކުޅުންތެރިއެއް ކަމަށްވާ އަނަން ހަލައިލީ އެވެ. މެޗުގެ ދެވަނަ ގޯލު 27 ވަނަ މިނެޓުގައި ހާލަންޑު ޖަހާފައިވާއިރު އޭގެ މިނެޓެއް ފަހުން އަނެއްކާވެސް އިޒްރޭލުގެ ކުޅުންތެރިއެއް ވަނީ ބައިކޮޅަށް ގޯލެއް ވައްދާލާފަ އެވެ. މެޗުގެ ހަތަރު ވަނަ ގޯލާއި ފަސް ވަނަ ގޯލު ހާލަންޑު ޖަހާފައިވަނީ 63 ވަނަ މިނެޓާއި 72 ވަނަ މިނެޓުގަ އެވެ.

މުޅި މެޗުގައި ވެސް އިޒްރޭލަށް ހެދުނީ ދެ ޝޮޓެވެ. ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ. ނޯވޭގެ ފަސް ހަމަލާ ވެސް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ވޯލްޑް ކަޕަށް އިޒްރޭލް ކޮލިފައިވާނެކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ. އަމިއްލަ ބާރު އެމީހުންނަށް މިހާރު ނެތްއިރު ދެވަނައިގައި އޮތް އިޓަލީ އަށް ތިން މެޗުން ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. އަންގާރަ ދުވަހުގެ ރޭ އިޓަލީ އާއި އިޒްރޭލް ބައްދަލުކުރާ މެޗުން އިޒްރޭލް ބަލިވެއްޖެ ނަމަ ވޯލްޑް ކަޕަށް ކޮލިފައި ނުވެވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%