Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހާލަންޑްގެ ދެ ލަނޑާއެކު އިރާގު ބަލިކޮށް ނޯވޭއިން ފުރިހަމަ މޮޅެއް ހޯދައިފި

ހާލަންޑްގެ ދެ ލަނޑާއެކު އިރާގު ބަލިކޮށް ނޯވޭއިން ފުރިހަމަ މޮޅެއް ހޯދައިފި

ހުސައިން އިސްމާއިލް
67 ދުވަސް ކުރިން - 17 ޖޫން 2026 06:36
ނޯވޭގެ އިތުބާރުހުރި ފޯވާޑު އާލިންގ ހާލަންޑު---
ނޯވޭގެ އިތުބާރުހުރި ފޯވާޑު އާލިންގ ހާލަންޑު---
ޚުލާސާ

މި މެޗުގެ 29 ވަނަ މިނެޓާއި 43 ވަނަ މިނެޓުގައި ހާލަންޑް ވަނީ ލަނޑު ޖަހާފަ. މިއީ އޭނާގެ ވޯލްޑް ކަޕް ކެރިއަރުގެ ފުރަތަމަ ގޯލުތައް. މި މޮޅާއެކު ގޯލު ތަފާތުން ނޯވޭ އޮތީ ގްރޫޕުގެ އެއްވަނައިގައި.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު ވޯލްޑް ކަޕް ގްރޫޕް އައިގެ މެޗުގައި، އާލިން ހާލަންޑް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން އިރާގު ބަލިކޮށް ނޯވޭއިން އެގައުމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މި މެޗުގެ 29 ވަނަ މިނެޓާއި 43 ވަނަ މިނެޓުގައި ހާލަންޑް ވަނީ ލަނޑު ޖަހާފައެވެ. މިއީ ވޯލްޑް ކަޕުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުތަކެވެ. ނޯވޭގެ އަނެއް ލަނޑު 76 ވަނަ މިނެޓުގައި ލިއޯ އޮސްޓިގާޑް ކާމިޔާބުކޮށްދިންއިރު، ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިރާގުގެ ފޯވާޑް އައިމަން ހުސައިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗު ފެށުނީއްސުރެ ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ އިރާގަށެވެ. އެގޮތުން 5 ވަނަ މިނެޓުގައި އައިމަން ހުސައިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

Advertisement

Advertisement 1

ނޯވޭއިން މެޗުގެ ކޮންޓްރޯލް ހޯދައި، 29 ވަނަ މިނެޓުގައި ޑޭވިޑް މޮލާ-ވުލްފް ނަގައިދިން ހުރަހަކުން ހާލަންޑް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް 39 ވަނަ މިނެޓުގައި އައިމަން ހުސައިން ކާމިޔާބުކުރި ބޮލުގެ ރީތި ލަނޑާއެކު އިރާގުން ނަތީޖާ އެއްވަރުކުރިއެވެ.

އިރާގުގެ މި އުފާވެރިކަން ދެމިއޮތީ އެންމެ ހަތަރު މިނެޓަށެވެ. އިރާގުގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ހާލަންޑް ވަނީ މެޗުގެ 43 ވަނަ މިނެޓުގައި ނޯވޭއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި އިރާގުން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކުރި ނަމަވެސް، މާޓިން އޮޑެގާޑް ނަގައިދިން ކޯނަރަކުން 76 ވަނަ މިނެޓުގައި އޮސްޓިގާޑް ވަނީ ނޯވޭގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުވީ މެޗުގެ އެންމެ ފަހު މިނެޓުގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިރާގުގެ އައިމަން ހުސައިން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މި ގްރޫޕުގައި ނޯވޭއަށް ދެން އޮތީ އަންނަ ހޯމަ ދުވަހު ސެނެގޯލްއާ ދެކޮޅަށް ކުޅޭ މެޗާއި، އަންނަ ހުކުރު ދުވަހު ފްރާންސާ ދެކޮޅަށް ކުޅޭ މެޗެވެ.

ހާލަންޑްނޯވޭޢިރާޤް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

13 ގަޑިއިރު ކުރިން - 15:31

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް: ނަން ޖަހާލުމުން ފެންނަނީ ތަފާތު ސަޅި މަންޒަރެއް!

ގޫގުލް ސާޗުން ހާލަންޑަށް ހާއްސަ ސަޕްރައިޒެއް!

44 ދުވަސް ކުރިން - 22:26

ދިވެހިންގެ އެންމެ ބޮޑު ސަޕޯޓެއް އޮތް ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

49 ދުވަސް ކުރިން - 03:02

އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭއިން ގަދަ 16 އަށް ދަތުރުކޮށްފި؛ ވާދަކުރަންޖެހޭނީ ބްރެޒިލްއާ

ފޯރިގަދަ ކުޅުމަކަށްފަހު އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭއިން ގަދަ 16 އަށް

54 ދުވަސް ކުރިން - 00:05

ގްރޫޕްގެ އެއްވަނަ ހޯދުމަށް އެމްބާޕޭ ކުޅޭ ފޯރިގަދަ މެޗު މިރޭ

ގްރޫޕްގެ އެއްވަނަ ހޯދުމަށް އެމްބާޕޭ ކުޅޭ ފޯރިގަދަ މެޗު މިރޭ

58 ދުވަސް ކުރިން - 16:40

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

64 ދުވަސް ކުރިން - 14:46