އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް ބިލަކީ ފަތުރުވެރިކަމުން ތަރައްޤީއަށް ހަމަހަމަ ގޮތެއްގައި ޙިއްޞާކުރާކަން ކަށަވަރުކޮށްދީ، ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް އޭގެ މަންފާ ލިބޭ އަދި ރައީސް ޑރ.މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތް ބިލެއް.
642 ދުވަސް ކުރިން - 11:49
މި އެއްބަސްވުމުގެ ސަބަބުން ޚަރަދު ކުޑަވެ، ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސްވެގެންދާނެ ކަމަށާއި އަދި މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރި.
647 ދުވަސް ކުރިން - 12:29
ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު މާރުކުރުމަށް އެކުލަވާލާފައިވާ ޤަވާޢިދަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އެމްއެމްއޭ އިން ބުނެފައިވާއިރު، ރައީސް މުޢިއްޒު ވެސް ވަނީ މި ޤަވާޢިދު ދެމެހެއްޓުމަށް ތާޢީދުކުރައްވާފައި.
651 ދުވަސް ކުރިން - 21:52
ޓޫރިޒަމުން ލިބޭ ނަފާ ވަކި ބަޔެއްގެ މުށުތެރޭގައި ބޭއްވުމުގެ ބަދަލުގައި އެންމެނަށް އެއިން އެއްޗެއް ލިބޭގޮތަށް ސަރުކާރުން ކުރާ މަސައްކަތުގައި މަހުޖަނުން އެއްބާރުލުން ދިނުން މާބުއްދިވެރި. ޤައުމުގެ އިޤްތިޞާދު ރަނގަޅުވީމާ ފައިދާވާނީވެސް ރިސޯޓު އޯނަރުންނަށް!
653 ދުވަސް ކުރިން - 22:43
ބޭރު ފައިސާ ގަނެވިއްކުމުގެ އައު ޤަވާޢިދު ތަންފީޛުކުރަން ފެށުމާއެކު، ރައްޔިތުންގެ ފަރާތުން މި ބަދަލަށް ތަރުހީބު ލިބެމުންދާކަން ފާހަގަކުރެވޭ. މި ގަވާއިދުގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބި، ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ.
654 ދުވަސް ކުރިން - 20:24
ގަލޮޅު އުތުރު ދާއިރާގައި މީގެ ކުރިން ހުންނެވި އީވާއާއި ޚިލާފަށް، މިފަހަރު ހުންނެވި މެމްބަރު މުޙައްމަދު އިބްރާހީމަކީ ރައްޔިތުންގެ ދިޔަ ފެލައިގެން ވެސް މުއްސަނދިކަން ހޯދުމަށް ބޭނުންވާ އަދި ވިޔަފާރިވެރިންގެ ވެސް އަޅެއްކަން ސާބިތުކޮށްދީފި.
654 ދުވަސް ކުރިން - 01:37
މިއަހަރު ނިމޭއިރު ހުންނާނެކަމަށް ލަފާކުރާ 653.6 މިލިޔަން ޑޮލަރަށްވުރެ އިތުރަށް އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 705 މިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވާކަން ބަޖެޓް ޕޮޒިޝަން ރިޕޯޓުން ހާމަވެއްޖެ.
657 ދުވަސް ކުރިން - 17:33
އަމިއްލަ ވިޔަފާރިތަކުން ތަޢާރަފްކުރާ އެސެޓް ބެކްޑް އޮންލައިން ފައިސާ ރާއްޖޭގައި ބޭނުންކުރުމާއި ގުޅޭ ޤަވާޢިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު ވިދާޅުވެއްޖެ.
681 ދުވަސް ކުރިން - 15:42