Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޮލަރު މާރުކުރުމުގެ އައު ޤަވާޢިދަށް ރައްޔިތުންގެ ތާއީދު އިތުރުވަނީ

ޑޮލަރު މާރުކުރުމުގެ އައު ޤަވާޢިދަށް ރައްޔިތުންގެ ތާއީދު އިތުރުވަނީ

އާނާ ފަހީމް
636 ދުވަސް ކުރިން - 15 ނޮވެންބަރު 2024 20:24
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ/ ފޮޓޯ: ޚުލާސާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ/ ފޮޓޯ: ޚުލާސާ
ޚުލާސާ

ބޭރު ފައިސާ ގަނެވިއްކުމުގެ އައު ޤަވާޢިދު ތަންފީޛުކުރަން ފެށުމާއެކު، ރައްޔިތުންގެ ފަރާތުން މި ބަދަލަށް ތަރުހީބު ލިބެމުންދާކަން ފާހަގަކުރެވޭ. މި ގަވާއިދުގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބި، ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާއިތުވި ހަފްތާގައި ތަންފީޛުކުރަން ފެށި ބޭރު ފައިސާ ގަނެވިއްކުމުގެ އައު ޤަވާޢިދަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. މި ޤަވާޢިދަކީ 1987 އިން ފެށިގެން ޢަމަލުކުރަމުން އައި ޤަވައިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާޢިދެވެ.

އައު ޤވާޢިދުގެ ދަށުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ލާޒިމުކޮށްފައިވެއެވެ. މީގެ ތެރެއިން އޭ ކެޓަގަރީގައި ހިމެނޭ ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސްޓް އުޅަނދުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ޖެހެއެވެ. އަދި ބީ ކެޓަގަރީގައި ހިމެނޭ ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ހޮޓާތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހެއެވެ.

މި ބަދަލުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ޢަދަދު އިތުރުވެ، ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ ސަބަބުން ކުރިމަގުގައި ބޭންކުތަކުން ފަސޭހައިން ޑޮލަރު ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ގިނަ ރައްޔިތުން އުންމީދުކުރެއެވެ.

Advertisement

Advertisement 1

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ބަދަލަށް މަރުޙަބާ ކިޔަމުންދާއިރު، މިއީ ޒަމާންވީއިރު ގެނެވިފައިނުވާ މުހިންމު ބަދަލެއްކަމަށް ފާހަގަކުރެވެއެވެ. އަދި މިއީ ޑޮލަރުގެ ކަޅު ބާޒާރުތަކުގެ ދޮރުތައް ބަންދުވެގެންދާނެ ކަމަކަށްވުމުން، ޢާންމު ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާނެ ބަދަލެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށެވެ. އަދި ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީވެރިންގެ ޙަޤީޤަތް ކުރިޔަށް އޮތް ތާނގައި އިތުރަށް ހާމަވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމްއެމްއޭރައީސް ޑރ. މުހައްމަދު މުއިއްޒުޑޮލަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

16 ގަޑިއިރު ކުރިން - 10:15

މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

1 ދުވަސް ކުރިން - 14:05

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

1 ދުވަސް ކުރިން - 13:08

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

އެމްޑީޕީއަށްވުރެ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު: ޔާމީން

3 ދުވަސް ކުރިން - 12:40

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

7 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

7 ދުވަސް ކުރިން - 08:35