މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީޒާއަށް ރުހުން ދޭން ފާސްކޮށްފައިވަނީ ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާޤުން. އެހެންކަމުން ދެވަނަ އަށް އޮތް ނަމަށް ވޯޓަށް އަހާފައެއް ނުވޭ.
663 ދުވަސް ކުރިން - 15:26
މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަވާނެ އީ-ޓެކްސް އިންވޮއިސް ސިސްޓަމެއް ތަޢާރަފްކުރަން ނިންމައިފި. މިއީ މީރާގެ ޚިދުމަތްތައް ޒަމާނީކޮށް، ސަރަހައްދުގެ އެންމެެ ކުރިއަރާފައިވާ ޓެކްސް އޮތޯރިޓީއަށް ވުމުގެ އަމާޒުގައި ކުރާ މަސައްކަތެއް.
674 ދުވަސް ކުރިން - 11:17
ކުރިން ޓެކްސް ދެއްކުމަށް ދީފައިވާ މުއްދަތު ހަމަވާތާ 60 ދުވަސް ފަހުން ފިޔަވަޅު އެޅުމަށް އޮތް އުސޫލު ބަދަލުކޮށް، މިހާރު ކަނޑައެޅިފައިވާ ނޯޓިސްތައް ދިނުމަށްފަހު ވަގުތުން ފިޔަވަޅު އެޅޭނެ.
679 ދުވަސް ކުރިން - 22:33
ދެވަނަ ކުއާޓަރގެ ނިޔަލަށް ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި އެއްލައްކަ ރުފިޔާއަށްވުރެ ގިނައިން ދައްކަންޖެހޭ ކުންފުނިތަކާއި، ގެސްޓްހައުސްތަކާއި، ގެސްޓްޝޮޕްތަކުގެ ނަންތައް ވަނީ މީރާއިން ވަނީ ޢާންމުކޮށްފައި.
687 ދުވަސް ކުރިން - 21:28
މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 16 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށް. މި މަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ.
697 ދުވަސް ކުރިން - 22:33
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 232 މިލިއަން ރުފިޔާ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 104 މިލިއަން ރުފިޔާއާ އަޅާބަލާއިރު 123 އިންސައްތައިގެ އިތުރުވުމެއް
709 ދުވަސް ކުރިން - 21:00
މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 719 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފި, މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.7% އިތުރު އަދަދެއް. ގްރީން ޓެކުހަކީ ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތަކަށް ފަންޑު ހޯދުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެއް.
715 ދުވަސް ކުރިން - 15:36
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ބަޔާންތައް އެމެރިކާ ޑޮލަރުން ދައްކަންޖެހޭނެކަމަށާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅޭ ބަޔާންތައްވެސް އެމެރިކާ ޑޮލަރުން ދައްކަންޖެހޭނެކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވޭ. މި އިސްލާހުތަކުގެ ތެރެއިން، އިން، ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅޭ ބަދަލުތައް 31 އޮކްޓޫބަރު 2024 އިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް މީރާއިން ބުނެފައިވޭ.
717 ދުވަސް ކުރިން - 23:31
މީރާއަށް 2024 ވަނަ އަހަރުގެ އޮގަސްޓް މަހު 1.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %23.9 އިތުރުވުމެއް. މީގެ އިތުރުން މީރާއިން ވަނީ ބޭރު ފައިސާގެ %34.5 އިތުރު އާމްދަނީއެއް ލިބިފަ
718 ދުވަސް ކުރިން - 13:07