މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީޒާއަށް ރުހުން ދޭން ފާސްކޮށްފައިވަނީ ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާޤުންނެވެ. އެހެންކަމުން ދެވަނަ އަށް އޮތް ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ދެ ނަމެއް ހިމަނާފައެވެ. އެއީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އާއި ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އެވެ. ނަމަވެސް ރައީސްގެ ސިޓީގައި އިސްކަންދެއްވާފައިވަނީ ފާތިމަތު އަމީޒާ އަށެވެ.
Advertisement

މި ބޭފުޅުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވެވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.
މިވަގުތު އެ މަޤާމުގައި ހުންނެވި އަސްމާގެ މަޤާމުގެ ދައުރު ހަމަ ވާނީ މި މަހުގެ 31 އަށެވެ.







