ވީއައިއޭގައި ކުރިން ބޭނުންކުރި ފިއުލް ފާމަކީ 13 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފާމެއް. ނަމަވެސް އަލަށް ތަރައްޤީކޮށް މިއަދު ބޭނުންކުރަން ފެށި ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ.
662 ދުވަސް ކުރިން - 18:04
އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނޫރައްދީން ވަކިކޮށްފައިވާކަން ޕީސީބީން ނިންމިކަން އެމްއޭސީއެލް އަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. ނޫރައްދީން އެ މަޤާމުން ވަކިކުރުމާއެކު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ތިއްބެވީ ފަސް ބޭފުޅުން.
673 ދުވަސް ކުރިން - 16:33
އެމްއޭސީއެލް އިން ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ކެރިއަރ ފެއަރ މިއަދު ހުޅުމާލޭ ޣާޒީ ސްކޫލުގައި ފަށައިފި. މި ފެއަރގެ މަޤްޞަދަކީ އެމްއޭސީއެލްގައި ހުރި ވަޒީފާގެ ފުރުޞަތުތައް ސްކޫލް ދަރިވަރުންނަށް އަންގައިދިނުން.
681 ދުވަސް ކުރިން - 15:20
އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި ޙާދިސާގައި މަރުވެފައިވަނީ އަސްލަމް އާދަމް ނަމަކަށް ކިޔާ މުވައްޒަފެއް ކަމަށާއި، އޭނާގެ މަސައްކަތް ކުންފުނިން ބަލައިގަންނަ ކަމަށް.
685 ދުވަސް ކުރިން - 13:06
ވިންޓަރ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތަޢާރަފްކުރުމަށް ނިންމާފައިވާ އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނި.
697 ދުވަސް ކުރިން - 23:37
ވީއައިއޭގައި ހިނގާ އަލިފާނުގެ ޙާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ވަނަ ބެޗުގެ ކޯސް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މި ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށް. މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ އިންހައުސް ޓްރެއިނަރުން ބޭނުންކޮށްގެން.
704 ދުވަސް ކުރިން - 18:09
ފުލުހުން ވިދާޅުވި ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް. މި މަސައްކަތުގެ ތެރެއިން ފުލުހުންގެ ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނި.
706 ދުވަސް ކުރިން - 18:45
މޫސުމީ ބަދަލުތަކުން ވައިގެ ދަތުރުފަތުރަށް ކުރާ ނޭދެވޭ އަސަރާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް އެމްއޭސީއެލްއިން ފޯރަމެއް ބާއްވައިފި. އޯޒޯން ދުވަހާ ގުޅިގެން ބޭއްވުނު މި ފޯރަމްގައި ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ބައިވެރިވެފައި.
713 ދުވަސް ކުރިން - 14:20