Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފިނި މޫސުމަށް ތައްޔާރުވުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

ފިނި މޫސުމަށް ތައްޔާރުވުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

އަައިޝަތު ޒީނާ
615 ދުވަސް ކުރިން - 3 އޮކްޓޫބަރު 2024 23:37
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު.
އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު.
ޚުލާސާ

ވިންޓަރ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތަޢާރަފްކުރުމަށް ނިންމާފައިވާ އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނި.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ވިންޓަރ ސީޒަން ނުވަތަ ފިނި މޫސުމަށް ތައްޔާރުވުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން އެއަރޕޯޓް އޮޕަރޭޝަންސް ޑިވިޜަނުން މިއަދު ޚާއްސަ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނުގައި އެއަރޕޯޓް އޮޕަރޭޝަނަށް ދިމާވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް އިންތިޒާމް ކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފް އަދި ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ވިންޓަރ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއް ތަޢާރަފުކުރުމަށް ރޭވިފައިވާކަމަށާއި މި ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުންފުނީގެ ލަނޑުދަނޑިތަކާ އެއްގޮތަށް މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްކުރާނެ ކަމަށާއި، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި މިފަދަ މަޝްވަރާ ބައްދަލުވުންތައް، ކުންފުނީގެ ޙިއްސާދާރުންނާއެކު ވެސް ބާއްވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

2 ދުވަސް ކުރިން - 08:55

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

8 ދުވަސް ކުރިން - 17:15

އީދު ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލުން ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ

އީދު ހަވީރުގައި ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ: އެމްއޭސީއެލް

17 ދުވަސް ކުރިން - 15:56

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

28 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

28 ދުވަސް ކުރިން - 08:30

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

34 ދުވަސް ކުރިން - 20:53