ފުލުހުން ޢަމަލުކުރަން ޖެހޭ ޕްރޮފެޝަނަލް ސްޓޭންޑަޑާއި ޚިލާފުވެފައި ވާތީވެ ސީޕީ ނަވީނާއި އަދިވެސް ޕޮލިހުގެ އިސް ވެރިންތަކެއް ސަސްޕެންޑު ކުރުމަށް ލަފާ ދޭން ނިންމައިފި
196 ދުވަސް ކުރިން - 20:02
ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 500,000ރ. އާއި މަހަކު 70،000ރ. އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން ޖޭއެސްސީން ވަނީ ނިންމައިފައި.
359 ދުވަސް ކުރިން - 16:13
މާލިއްޔަތު ކޮމިޓީގައި އަސަދުﷲ ވިދާޅުވީ މާލިއްޔަތު ގާނޫނާ ހިލާފަށް އެ ވެންޓިލޭޓަރުތަކަށް ފައިސާ ދެއްކި މީހާ ހޯދައި ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމަށް.
421 ދުވަސް ކުރިން - 22:40
މާލިއްޔަތު ކޮމިޓީގައި އެޖެންޑާކޮށްފައި އޮތީ ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން.
429 ދުވަސް ކުރިން - 12:17
އަޒާނަށް ފިޔަވަޅު އަޅާފައި މިވަނީ ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަދަދު ވަކިކުރުމާ ގުޅޭގޮތުން މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ ވިޕްލައިނާ އޭނާ ހިލާފުވެފައިވާތީ.
465 ދުވަސް ކުރިން - 12:30
މުސާރަތަކަށް ބަދަލު ގެނައުމުގެ ކުރިން ކަމާގުޅޭ ޤާނޫނުތަކަށް ބަދަލު ގެނައުމަށްފަހު އަލުން ހުށަހެޅުމަށް ލަފާދިނުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފަ.
478 ދުވަސް ކުރިން - 13:44
މާލިއްޔަތު ކޮމިޓީން އޮޑިޓަަރ ޖެނެރަލަށް އަންގަވާފައިވާ ކަންތަކުގެ ތެރޭގައި ސިފައިންގެ ފުލެޓްތަކުގެ މަސައްކަތް ކުރުމަށް ސިފްކޯއިންނާއި ސަރުކާރުން އެކިފަރާތްތަކަށް ދިން ފައިސާގެ ތަފްސީލް ބަލައިދިނުން ހިމެނޭ.
482 ދުވަސް ކުރިން - 21:43
އައިއެމްއެފްގެ ވަފުދުން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޅުމަށް ނިންމާފައިވާ މާލީ އިޞްލާޙީ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް.
483 ދުވަސް ކުރިން - 15:19
ދަރަނި ދެއްކުމުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާއިރު، އޭގެ ބަދަލުގައި އާމްދަނީގެ އަސާސް ފުޅާކުރުމަށް ފޯކަސްކޮށްގެން ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ނުވަތަ ވިތުހޯލްޑިން ޓެކްސް ރޭޓް އިތުރު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.
665 ދުވަސް ކުރިން - 20:49
2026 ވަނަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދެއްކުމުގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރަށް މުހިންމު ކަމަށާއި، މި މަސައްކަތަށް އެހީތެރިވުމަށް ސަރުކާރުން 250 މިލިއަން ޑޮލަރު ހޯދުމަށް ރާވާފައިވާ ކަމަށެވެ.
665 ދުވަސް ކުރިން - 20:32
ދަރަނީގެ ވާޖިބުތައް ފުއްދުމަށްޓަކައި ސަރުކާރުން ރާވާފައިވަނީ ސިއްހަތަށް ގެއްލުންހުރި އުފެއްދުންތަކުން ޑިއުޓީ ބޮޑުކޮށް، ކޯ ޓެކްސް ރޭޓް އިތުރު ނުކޮށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިސްލާހުކޮށްގެން ޓެކްސްގެ އަސާސް ފުޅާކުރުމަށެވެ.
665 ދުވަސް ކުރިން - 20:29
އެއްފަހަރާ ފައިސާ ދެއްކުމުން ސަލާމަތްވެ، 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދެއްކުމަށް އެހީތެރިވުމަށް 300 މިލިއަން ޑޮލަރުގެ ލޯނެއް އަލުން އެކުލަވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު އިއުލާން ކުރެއްވި އެވެ.
665 ދުވަސް ކުރިން - 20:25
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު ދިނުމަށް ދައުލަތުގެ ކުންފުނިތަކުގެ އެޗްއާރު ޕޮލިސީތައް އޯވަހޯލް ކުރުމަށް މާލިއްޔަތު ކޮމިޓީން ލަފާދީފައިވެ އެވެ.
667 ދުވަސް ކުރިން - 10:47