Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް އެލެވެންސް ބޮޑުކުރަން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަނީ

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް އެލެވެންސް ބޮޑުކުރަން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަނީ

އަހްމަދު އީޒާން
405 ދުވަސް ކުރިން - 16 ޖޫން 2025 16:13
މިހާރުގެ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުދާން / ފޮޓޯ: ސުޕްރީމް ކޯޓު
މިހާރުގެ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުދާން / ފޮޓޯ: ސުޕްރީމް ކޯޓު
ޚުލާސާ

ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 500,000ރ. އާއި މަހަކު 70،000ރ. އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން ޖޭއެސްސީން ވަނީ ނިންމައިފައި.

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް އެލެވެންސް ބޮޑުކުރަން ފިނޭންސްގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އަންގައިފި އެވެ.

ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 500,000ރ. އާއި މަހަކު 70،000ރ. އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އާއި ޕޭ-ކޮމިޝަންގެ ލަފާ ހޯދަން މާލިއްޔަތު ކޮމިޓީން ވަނީ އަންގައިފަ އެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓާ ގުޅިގެން މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުގައި، ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާ ނަމަ އެވެ.

Advertisement

Advertisement 1

ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ނިންމާފައި ވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރުންނަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ.

ޖޭއެސްސީން ނިންމާފައި ވަނީ ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލަވަންސާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދޭށެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ލަފާ ހޯދުމަށް ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައި ވާތީ، އެކަން ދިރާސާކޮށް އެ ކޮމިޓީން މިއަދު ފާސްކުރީ އެފަދަ އެލަވަންސެއް ދިނުމަކީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދަކަށް ވާތީ އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި އެ ލަފާގެ މަތިން ޕޭ-ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ގަވައިދު އިސްލާހުކުރާށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ރައްޔިތުންގެ މަޖިލިސްމާލިއްޔަތު ކޮމެޓީ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

12 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

19 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

19 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

31 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

50 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

51 ދުވަސް ކުރިން - 12:12