Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރުގެ ފިޔަވަޅުތަކަށް އައިއެމްއެފުން މަރުޙަބާ ކިޔައިފި

ސަރުކާރުގެ ފިޔަވަޅުތަކަށް އައިއެމްއެފުން މަރުޙަބާ ކިޔައިފި

ހުސައިން އިސްމާއިލް
484 ދުވަސް ކުރިން - 12 ފެބްރުއަރީ 2025 15:19
އައިއެމްއެފްގެ ވަފްދުގެ ބޭފުޅުން މާލިއްޔަތު ކޮމިޓީގައި: ފޮޓޯ / މަޖިލިސް
އައިއެމްއެފްގެ ވަފްދުގެ ބޭފުޅުން މާލިއްޔަތު ކޮމިޓީގައި: ފޮޓޯ / މަޖިލިސް
ޚުލާސާ

އައިއެމްއެފްގެ ވަފުދުން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޅުމަށް ނިންމާފައިވާ މާލީ އިޞްލާޙީ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް.

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވަފުދުން މަރުޙަބާ ކިޔައިފިއެވެ.

އިޤްތިޞާދީ ކަންކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. މި ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދުން ބައިވެރިވެ، ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މަޝްވަރާތައް ކުރިއެވެ. ރާއްޖޭގެ އިޤްތިޞާދަސް ފާހަގަ ކޮށްލެވޭ ކުރިއެރުން ލިބިފައިވާކަން ފާހަގަކުރައްވައި، އެހެންނަމަވެސް، މާލީ އިޞްލާޙީ ފިޔަވަޅުތައް އެޅުން ޑިލޭ ނުކުރުމަށް އެދިވަޑައިގަތެވެ.

ސަރުކާރުން މިހާރު ވެސް ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅާފައެވެ.

Advertisement

Advertisement 1

އައިއެމްއެފްގެ ވަފުދުން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޅުމަށް ނިންމާފައިވާ މާލީ އިޞްލާޙީ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެކެވެ.

މި ބައްދަލުވުމުގައި ވާހަކަދެއްކެވި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރުގެ ޕްލޭންއާއި އަޅުއްވާ އިޞްލާޙީ ފިޔަވަޅުތަކަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި އިޤްތިޞާދު ހީނަރުވެފައި އޮތް އޮތުމަށް ޙައްލެއް ލިބި، ސަރުކާރުގެ އަމާޒަށް ވާޞިލުވެވޭނެ ކަމަށް ވިދާޅުވެ ޤާސިމް ވަނީ ސަރުކާރުގެ ޕޮލިސީއަށް ތަޢުރީފުކުރައްވާފައެވެ.

އެހެންނަމަވެސް، ސަބްސިޑީއަކީ ރައްޔިތުންނަށް ދެމުންދާ މުހިންމު މާލީ އެހީއެއް ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. "ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ސަބްސިޑީއަކީ ވަރަށް ބޭނުންތެރި އެއްޗެއް. ވަކި ސަރުކާރެއް ނޫން، ކޮންމެ ސަރުކާރަކުން ވެސް އެކަން ކުރަނީ އެހެންވެ،" ޤާސިމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ ދާއިރާތަކެއް ރިފޯމްކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މިއަހަރުގެ ބަޖެޓުގައި ސަބްސިޑީ ނިޒާމަށް ބަދަލުގެނައުމަށް ހިމަނާފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، ޕެންޝަން އަދި އާސަންދަ ކުރިއަށް އޮތް ތަނުގައި ނުކަނޑާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ބޭކާރު ވަމުންދާ އަދި ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލައި އެފަދަ ޚަރަދުތައް އުނިކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމެޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕޮލިސް ކޮމިޝަނަރު ވަކިކުރަން ލަފާ ދިނުމަށް މަޖިލީހުން ނިންމައިފި

ޕޮލިސް ކޮމިޝަނަރު ވަކިކުރަން ލަފާ ދިނުމަށް ނިންމައިފި

196 ދުވަސް ކުރިން - 20:02

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް އެލެވެންސް ބޮޑުކުރަން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަނީ

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް އެލެވެންސް ބޮޑުކުރަން ލަފާހޯދަނީ

360 ދުވަސް ކުރިން - 16:13

ވެންޓިލޭޓަރު ވައްކަން ކުރަން ފައިސާ ދެއްކި މީހާ ހޯދައި އޭނާއަށް ވެސް ފިޔަވަޅު އަޅަންޖެހޭ: އަސަދުﷲ

ވެންޓިލޭޓަރު ވައްކަމަށް ފައިސާ ދެއްކި މީހާ ހޯދަންޖެހޭ

421 ދުވަސް ކުރިން - 22:40

މަޖިލީހުގެ ޖަލްސާ މިއަދު ނެތަސް މާލިއްޔަތު ކޮމިޓީގެ މަސައްކަތް ކުރިޔަށް!

މިއަދު މަޖިލީހުގައި އޮތީ މާލިއްޔަތު ކޮމިޓީގެ މަސައްކަތް

429 ދުވަސް ކުރިން - 12:17

ދެ ކޮމެޓީއަކުން ވަކިކޮށް އަޒާނަށް ފިޔަވަޅު އަޅައިފި

ދެ ކޮމެޓީއަކުން ވަކިކޮށް އަޒާނަށް ފިޔަވަޅު އަޅައިފި

465 ދުވަސް ކުރިން - 12:30

މުސާރަ ކުޑަކުރަން ނުފެންނަ ކަމަށް ލަފާ ދިނުމަށް ނިންމައިފި

މުސާރަ ކުޑަނުކުރަން ލަފާ ދިނުމަށް ނިންމައިފި

478 ދުވަސް ކުރިން - 13:44